
ސައުދީ ފަންޑުން ރާއްޖެއަށް 150 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ގެ އެހީ ދިނުމަށް އެއްބަސްވެއްޖެއެވެ.
މި ފައިސާ ދިނުމަށް ހަމަޖެހިފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމަށާއި، ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީ ކުރުމަށެވެ. އެގޮތުން، މި ފައިސާގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ސައޫދީގެ ބިން ލާދިން ގްރޫފުން ތަރައްގީކުރާ ވެލާނާ އެއާޕޯޓުގެ މަސައްކަތްތަކަށް ކުރާނެ ހޭދައެކެވެ. ބާކީ 50 މިލިއަން ޑޮލަރަކީ ސިއްހީ ދާއިރާއަށް ދިން އެހީއެކެވެ. ސަރުކާރުން މި ފައިސާ ހޭދަކުރުމަށް ނިންމާފައިވަނީ ހޮސްޕިޓަލްތައް އެޅުމަށެވެ.
ޑރ. މުއިއްޒުގެ ސަރުކާރެއްގައި ދިވެހިރާއްޖެއާއި، އަރަބި ދުނިޔެއާއި މިހާރަށް ވުރެ ބޮޑަށް ގުޅުން ބަދަހި ކުރެއްވުން އެއީ އެމަނިކުފާނުގެ ކެމްޕެއިން ވައުދެކެވެ.