ޚަބަރު

ނާޒިމް ސައްތާރުގެ ބަންދަށް އިތުރު 7 ދުވަސް

އަލަމްގީރް ނަމަކަށް ކިޔާ ބަންގްލަދޭޝްގެ ފިރިހެނަކާއެކު ލިވާތު ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރުގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

އެންމެ ފުރަތަމަ ނާޒިމްގެ ބަންދަށް އއ.ރަސްދޫ ކޯޓުން ޖެހީ 7 ދުވަހެވެ. އަދި މިއަދު އެ މުއްދަތު ހަމަވާތީ ކްރިމިނަލް ކޯޓަށް އޭނާ ހާޒިރުކުރުމުން އިތުރު 7 ދުވަހަށް ބަންދުގެ މުއްދަތު ވަނީ ދަންމާލާފައެވެ.

އަލަމްގީރާއެކު ގްރޫޕު ހަދައިގެން ލިވާތު ކުރި މައްސަލައިގައި ހޯމް މިނިސްޓްރީގެ މުވައްޒަފަކު ވެސް ވަނީ ސަސްޕެންޑު ކޮށްފައެވެ.

ހޯމް މިނިސްޓްރީއިން މީޑިއާތަކަށް މިކަން ކަށަވަރު ކޮށްދީފައިވާއިރު، އެ ވީޑިއޯގައި އަލަމްގީރް އާއި އެއްކޮށް ލިވާތު ކުރުމުގައި އެމިނިސްޓްރީގެ މުވައްޒަފުގެ އިތުރުން ދެން ފެންނަނީ އިމާދުއްދީން ސްކޫލްގެ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިން ޓީޗަރެއް ކަމަށް ވެސް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

އަލަމްގީރް އާއެކު ލިވާތު ކުރި ކަމުގެ ތުހުމަތުގައި އޭނާ ހިމެނޭގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު އާއި، ނޮޅިވަރަން ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި, ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ ނަސީރު އިބްރާހިމް އާއި، ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުގެ ސީނިއާ މީހެއް ކަމުގައިވާ ސާޖަންޓް އަބްދުއްރަހުމާން ރަފީއު (ދޮންދިގު) ވަނީ ހައްޔަރު ކޮށްފައެވެ. އެކަމަކު އަލަމްގީރްގެ މައްޗަށް ފުލުހުން ހިންގަނީ ވީޑިއޯތައް ރެކޯޑުކޮށްގެން ބްލެކްމެއިލް ކުރުމުގެ ތަހުގީގެވެ.

2 Comments

  1. އެއްޖިންސުން ގުޅުން ހިންގުން ސުރުހީތަކުގައި އޮތެއް ކަމަކު މި ވީޑިއޯތަކަކީ ނާސި ފިރިހެނުން ކައިރިއަށް ގޮސް ފައިސާއަށް ނުވަތަ ބިޒްނަސް ކަންކަމުގައި ހަށި ވިއްކުން. ދައުވާވެސް ކުރަން ޖެހޭނީ އެ ކުށުގައި. ކާނަލް ނަސީދުވެސް ބުނީ ކޮޓަރިއަކަށް ދިޔައީ ބިޒްނަސް ކަމަކުގައޭ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button