ޚަބަރު

އަލަމްގީރާއެކު ލިވާތު ކުރި މީހުންގެ ތެރޭގައި މިސްކިތެއްގެ މުދިމެއް

އަލަމްގީރް ނަމަކަށް ކިޔާ ބަންގްލަދޭޝްގެ ފިރިހެނަކާއެކު ލިވާތު ކުރި މީހުންގެ ތެރޭގައި މާލޭގެ މިސްކިތެއްގެ މުދިމަކު އުޅޭކަން ”ބޮންތި“ އަށް ކަށަވަރުވެއްޖެއެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް މުދިމުގެ ހަގީގަތް ދަންނަ މީހަކު ”ބޮންތި“ އަށް ކިޔައިދިން ގޮތުގައި މުދިމަކީ ގަލޮޅު މިސްކިތެއްގައި އިމާމުވެ ނަމާދު ކުރާ މީހެކެވެ. އަދި އޭނާގެ މައްޗަށް ފުލުހުންގެ ތަހުގީގެއް ކުރިޔަށްދާކަންވެސް ވަނީ އެނގިފައެވެ.

”ފުލުހުން އޭނާ އަދި ހައްޔަރެއް ނުކުރޭ. އަލަމްގީރް ކައިރިޔަށް އޭނާ ދިޔަކަމަށް އަހަރެންނަށް އެނގޭގޮތަށް އޭނާއަށް އިތުބާރު ކުރެވޭ މަދުބަޔަކަށް އެކަން އޮތީ އެނގިފަ.“ މައުލޫމާތު ދިން މީހާ ބުންޏެވެ.

އެމީހާ ކިޔައިދިންގޮތުގައި އެއީ ރ އަތޮޅު ރަށަކަށް ނިސްބަތްވާ މުދިމެކެވެ. އޭނާ ގަލޮޅު މިސްކިތެއްގައި އިމާމުވެ ނަމާދު ކުރާތާ ފުދޭވަރެއްގެ ދުވަސްތަކެއް ވެފައިވާކަމަށްވެސް ބުންޏެވެ. މިކަމާގުޅިގެން ”ބޮންތި“ މިރޭ ވަނީ ފުލުހުންނާ ސުވާލުކޮށްފައެވެ. އެކަމަކު ހަބަރު ޝާއިއުކުރުމާ ހަމައަށް އަދި ފުލުހުންގެ ޖަވާބެއް ނުލިބެއެވެ. މިކަމާގުޅޭ އިތުރު މައުލޫމާތު ފުލުހުން މެދުވެރިކޮށް ގެނެސްދެވޭތޯ ”ބޮންތި“ އިން މަސައްކަތް ކުރާނެއެވެ.

އަލަމްގީރް އާއެކު ލިވާތު ކުރި ކަމުގެ ތުހުމަތުގައި އޭނާ ހިމެނޭގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު އާއި، ނޮޅިވަރަން ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި, ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ ނަސީރު އިބްރާހިމް އާއި، ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުގެ ސީނިއާ މީހެއް ކަމުގައިވާ ސާޖަންޓް އަބްދުއްރަހުމާން ރަފީއު (ދޮންދިގު) ވަނީ ހައްޔަރު ކޮށްފައެވެ. އެކަމަކު އަލަމްގީރްގެ މައްޗަށް ފުލުހުން ހިންގަނީ ވީޑިއޯތައް ރެކޯޑުކޮށްގެން ބްލެކްމެއިލް ކުރުމުގެ ތަހުގީގެވެ.

 

7 Comments

  1. އެމްޑީޕީގެ ވެރިކަން އޮތްހާ ހިނދަކު ލިވާތުކުރުމާ ޒިނޭކުރުމާ ރާބުއިމާ ޑްރަގް ބޭނުން ކުރުމަކީ މާބޮޑު ކަމަކަށް ނުހަދާނެ. އެކަން ގާނޫނަކުން ހުއްދައެއް ނުކުރެވޭނެ އެކަމަކު އެފަދަ ކަންތަކާ އަޅާނުލުމަކީ އެކަމަށް ހިތްވަރުދީ އެކަން ކުރި އެރުވުން.

  2. ވަރަށް ސިއްރުކުރެ އެބަ….. އަހަރީ ޖަލްސާގައި އިބޫ ބުނިހެން ރާއްޖޭގެ މައިދޮރު ބަލަހައްޓާ ފަރާތް މިވަނީ ހުރިހާ ކަމަކުން ވަރަށް ކުރިއަރާފަ. މިހާރު 2 އަދި ކުރިއަށް 5 އެބަތިބި. މިވާހަކަ ނޫހެއްގަވެސް ބިރުން ނުކެރޭ ޖަހާލަން.

  3. ޚަބަރު ”ޝާއިރު“ ކުރުމެކޭ ނުކިޔާނެ. ”ޝާއިޢު“ ކުރުމޭ ކިޔާނީ. ”ޝާއިރު“ ނުވަތަ ”ޝާޢިރު“ ކިޔަނީ ޅެންވެރިޔާ (ޅެން، ލަވަ ފަދަ ތަކެތި ހަދާ މީހާ) އަށް. ެ

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button