ޚަބަރު

ރައީސް އިބްރާހީމަށް ވެރިކަމުގައި ހުންނެވުމުގެ މޯރަލް އޮތޯރިޓީއެއް ނެތް: ނާޒިމް

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙަށް ވެރިކަމުގައި ހުންނެވުމުގެ މޯރަލް އޮތޯރިޓީއެއް ނެތް ކަމަށް އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓް އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓް ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިފަދައިން ވިދާޅުވީ މަސްކަނޑު ވިއްކާލުމާއި ދެކޮޅަށް ރޭ ކާނިވާ ސަރަޙައްދުގައި ބޭއްވި ”ބާނަ ބާނާ ތިއްބާ ތިޔަވިއްކާލީ ކަނޑު“ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނާޒިމް ރައީސް އިބްރާހިމަށް ދެއްވި ރައްދުގައި ވިދާޅުވީ ރައީސް އިބްރާހިމަށް ދެން މި ޤައުމުގެ ވެރިކަމުގައި ހުންނެވުމުގެ މޯރަލް އޮތޯރިޓީއެއް ނެތްކަމަށާއި، ޤާނޫނުން ބޭރުން ޤައުމުގެ ކަންކަން ކުރެއްވީމާ ދެން ރައީސް ކަމުގައި އިބްރާހިމް މުޙައްމަދު ޞޯލިޙަށް ނުހުރެވޭނެ ކަމަށެވެ.

ރައީސުލް ޖުމްހޫރިއްޔާ ބޭނުންފުޅުވާއިރަށް ތަންތަނަށް ސިޓީ ނުފޮނުއްވޭނެ ކަމާއި، ޚާއްޞަކޮށް ޤައުމީ މައްސަލަތަކުގައި ސިޓީ ފޮނުއްވޭނީ އެކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުއްދަ ހޯއްދަވައިގެންކަން ނާޒިމް ފާހަގަކުރެއްވިއެވެ. އެއާއިއެކު އޭނާ ވަނީ މޮރީޝަސް ގެ ބޮޑުވަޒީރަށް ރައީސް އިބްރާހިމް ފޮނުވި ސިޓީ އަކީ މަޖިލީހުގެ ހުއްދަނެތި ފޮނުއްވި ސިޓީއެއްކަމަށް ވިދާޅުވެފައެވެ. އަދި ކަނޑުގެ ސަރަޙައްދުން ބައެއް ގެއްލިގެން މިދިޔައީ އެކަމުގެ ސަބަބުން ކަމަށާއި، އެކަމުގެ ފުރިހަމަ ޒިންމާ ރައީސް އިބްރާހިމް ނަންގަވަން ޖެހޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ރައީސް އިބްރާހިމަށް ދެން މި ޤައުމުގެ ވެރިކަމުގައި ހުންނެވުމުގެ މޯރަލް އޮތޯރިޓީއެއް ނެތްކަމަށާއި، ޤާނޫނުން ބޭރުން ޤައުމުގެ ކަންކަން ކުރެއްވީމާ ދެން ރައީސް ކަމުގައި އިބްރާހިމް މުޙައްމަދު ޞޯލިޙަށް ނުހުރެވޭނެ ކަމަށެވެ.

”ރައީސް އިބްރާހިމަށް ދެން މި ޤައުމުގެ ވެރިކަމުގައި ހުންނެވުމުގެ މޯރަލް އޮތޯރިޓީއެއް ނެތް، ޤާނޫނުން ބޭރުން ޤައުމުގެ ކަންކަން ކުރެއްވީމާ ދެން ރައީސް ކަމުގައި އިބްރާހިމް މުޙައްމަދު ޞޯލިޙަށް ނުހުރެވޭނެ“ – ނާޒިމް –

ނާޒިމް އިތުރަށް ވިދާޅުވީ މިސަރުކާރު މިއޮތީ ކޮމްޕްރޮމައިޒް ވެފައިކަމަށާއި، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙު ޖެހޭނީ ވެރިކަމުން ފައިބާ ވަޑައިގަންނަވަން ކަމަށާޢި، މިވެރިކަން ނިންމާނެ ކަމުގެ ޔަޤީންކަން ނާޒިމް ވަނީ ދެއްވާފައެވެ. އަދި މި މައްސަލާގައި ހުރިހާ ސިޔާސީ ބޭފުޅުން ތިއްބެވީ ސިޔާސީ ފިކުރުތަކާއި ކުލަތައް ދޫކުރައްވާ މިސަރުކާރު ބަލިކުރަން ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް  އިތުރަށް ވިދާޅުވީ ކަނޑު ވިއްކާޅުމާ ދެކޮޅަށް ކުރެވޭ މަސައްކަތަކީ ޤައުމީ މަސައްކަތެއްގައި ކަމަށާއި، އެއީ ޤައުމުން ބައެއް ގެއްލިގެން އެބައި އަނބުރާ ހޯދުމުގެ މަސައްކަތް ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button