ޚަބަރުސިޔާސީ

ގޯއްޗާއި ފްލެޓްގެ ކަންކަން ކުރިއަށް ދާނީ ވައުދުވީ ގޮތަށް: ޑރ.މުއިއްޒު

ގޯއްޗާއި ފްލެޓް ގެ ކަންކަން ވައުދުވީ ގޮތައް ކުރިޔަށްދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ޒަކާތު ހައުސް އިފްތިތާހުކުރުމުގެ ރަސްމިޔާތުގައި ބައިވެރިވެވަޑައިގަތުމަށްފަހު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މި އަންނަ ހަފްތާގެ ނިޔަލަށް ގޯތިތަކުގެ ރަޖިސްޓަރީ ހަވާލުކޮށް ނިންމުމުގެ މަސައްކަތް ކުރިޔަށް ދާނެކަމަށާއި އެކަން ކުރުމަށް ހަވާލުކޮށްފައިވާނީ، ހައުސިންގް މިނިސްޓްރީއާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ޑރ. މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓު

ރައްޔިތުންނަށް ގޯތި ދޫކޮށްފައިހުރި ބައެއް ތަންތަނަކީ، އަދި ނުހިއްކައި ހުރި ތަންތަނަށް ވުމުން، އެ ތަންތަން ހިއްކުމުގެ މަސައްކަތް ހަލުވި ދުވެއްޔެއްގައި ކުރިޔަށްދާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button