ޚަބަރު

ޒަކާތާބެހޭ މުސްތަގިއްލު ވަކި މުއައްސަސާއެއް ރައީސް ޑރ.މުއިއްޒު އިފުތިތާޙު ކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ މެނިފެސްޓޯގައިވާ ގޮތަށް ޒަކާތާބެހޭ މުސްތަގިއްލު ވަކި މުއައްސަސާއެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ޒަކާތު ހައުސް ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްމީކޮށް އިފުތިތާޙު ކޮށްދެއްވައިފިއެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސް ރަސްމީކޮށް އިފުތިތާޙުކޮށްދެއްވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި އެކަމަށް ޓަކައި ކުރިއަށްގެންދިޔަ ހަރަކާތުގައެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރެއްވީ، ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްގީކުރުމުގެ ބޭނުމުގައެވެ.

ޒަކާތު ހައުސްގެ މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ޒަކާތް ޙައްޤުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމާ، ކޮންމެ ހަ މަހަކުން އެއްފަހަރު މުދަލު ޒަކާތުގެ ނިސާބު އިއުލާނުކުރުމާއި، ކަމާބެހޭ އިދާރާތަކާ ގުޅިގެން ފަގީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވާލައި އަދާހަމަކޮށް ބެލެހެއްޓުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

ރާއްޖޭގެ ޒަކާތު ހައުސްގެ މަސައްކަތްތަކުގެ ތެރޭގައި؛ ޒަކާތުގެ އިލްމު ފެތުރުމާއި، ޒަކާތުގެ ހުކުމްތަކާމެދު އާންމުންނާ ވިޔަފާރިތަކާ ދައުލަތުގެ އިދާރާތައް ހޭލުންތެރިކުރުމާ، އަދުގެ ޒަކާތް ލިބިގަންނަ މީހާއީ މާދަމާ ޒަކާތް ނެރޭ ތަނަވަސް މީހަކަށް ބަދަލުކުރުމުގެ އަޒުމުގައި މުހިންމު އިޖުތިމާޢީ ޕްރޮގްރާމްތައް ހިންގުން ހިމެނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button