ޚަބަރު

ވިއްސާރާގައި އެންމެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވަނީ 59 ގެއަކަށް!

ހޮނިހިރު ދުވަހުގެ މެންދަމުން ފެށިގެން އާދިއްތަ ދުވަހާ ހަމަޔަށް ރާއްޖެއަށް ކުރި ވިއްސާރާގައި އެންމެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވަނީ 59 ގެއަކަށް ކަމަށް ނޭޝަނަލް ޑިޒާސްޓަ މެނޭޖްމެންޓު އޮތޯރިޓީން (އެންޑީއެމްއޭ) ބުނެފިއެވެ.

އެންޑީއެމްއޭގެ ޗީފް އެކްޒެކްޓިވް ހިސާން ހަސަން މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ވިއްސާރާގައި ފެންވަދެ ގެއްލުންވެގެން 152 ތަނަކުން އެންޑީއެމްއޭ އަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ގެތަކާއި، ގުދަންތަކުގެ އިތުރުން ފިހާރަތައް ހިމެނޭކަމަށެވެ. ނަމަވެސް ގެތައް ފިޔަވައި ދެން ހުރި ތަންތަނަކީ އެންޑީއެމްއޭއިން އެހީދޭ ފެންވަރަށް ފެތޭ ތަންތަނަށް ނޫނެވެ. ހިސާން ވިދާޅުވީ، 152 ގެ ތެރޭގައި ހިމެނެނީ 92 ގެއެއް ކަމަށެވެ.

އޭގެ ތެރެއިން 59 ގެއަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށާއި ނަމަވެސް ދިރިނުޅޭވޭ ވަރުގެ ގެއްލުމެއް ނުލިބޭ ކަމަށް ހިސާން ވިދާޅުވިއެވެ.

ހުރީ ފެންޖެހިގެން ހިފާ ގެންގުޅޭ ތަކެއްޗަށާއި ފަރުނީޗަރަށް ލިބިފައިހުރި ގެއްލުން“ ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ އެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށެވެ. ސަބަބަކީ ބައެއް ގެތަކުގެ ވެރިން ފޯނަށް ޖަވާބު ނުދޭތީއާއި އިތުރަށް ބަލަން ޖެހޭ ކަންތައްތަކެއް ހުރުމުންނެވެ. އެއަށް ފަހު މާލީ އެހީދޭން ޖެހޭ ގެތަކަށް ސަރުކާރުން އެހީ ފޯރުކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވިއްސާރާގައި ފަސް ރަށެއްގައި ފެން ބޮޑުވެގެން ލިބުނު ގެއްލުންތަކުގެ އެސެސްމަންޓްތައް ވެސް މިހާރު ލިބިފައިވާ ކަމަށެވެ.

ގެއްލުން ލިބުނު ގެތަކުގެ ތެރެއިން 41 މީހަކު ގެސްޓުހައުސްތަކަށް ވަނީ ބަދަލުކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button