ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ސަރުކާރުން ރާއްޖެ ތަރައްޤީ ކުރަމުން ދަނީ ”އަތުފަތު“ ނުޖެހޭހާ ބާރަށް ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑިސީ) ގެ މެނޭޖިން ޑިރެކްޓަރ މޫސާ ޢަލީމަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.
މޫކޭ މިފަދައިން ވިދާޅުވީ މިސަރުކާރުގެ ތަރައްޤީ އާއި ގުޅޭ ގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ މިސަރުކާރުގައި މިދާ ބާރު ސްޕީޑުގައި، ދެން އަންނަ އެހެން ވެރިކަމެއްގައި ވެސް ތަރައްޤީ ގެނެވޭނެހެން ހީނުވާކަމަށެވެ. އަދި ވަކި ރަށެއްނެތި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އާއި ބަނދަރު އަދި ސްކޫލް އިމާރާތް އެޅުންފަދަ މަސައްކަތްތައް ކުރިއަށް ދާކަމަށާއި،ރަށްރަށް ތަރައްޤީ ކޮށްދިނުމުގައި ރަށެއްގެ ކުޑަބޮޑުމިނަކަށް މި ސަރުކާރުން ނުބަލާނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ސަރުކާރުން އާރްޑީސީ އާއިއެކު ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ.
މިސަރުކާރުގެ ތަރައްޤީގެ މަސައްކަތްތަކާއި ގުޅިގެން މޫކޭ ސަރުކާރަށް ތައުރީފް ކޮށްފައިވީނަމަވެސް ސަރުކާރަށް 4 އަހަރުވެގެން ދިޔައިރު ބޭރުގެ ހިލޭ އެހީ އާއިބޮޑެތި އަދަދުތަކުން ނެގި ލޯނު އެހީގެ އިތުރުން ފައިސާ ޗާޕްކޮށްގެންވެސް ތަރައްޤީގެ މާބޮޑު މަޝްރޫޢުތަކެއް ހިންގިފައިނުވާކަން ފާހަގަކޮށްލެވެއެވެ.
މޫކޭގެ ވާހަކަތައް ގިނަބަޔަކު ސިފަކުރަމުންދަނީ މިސަރުކާރަށް ކުރެއްވި މަލާމާތެއްގެ ގޮތުގައެވެ.
ކިތައްމެވަރަކައް މިސަރުކާރާ ދެކޮޅައް މި ނޫހުން ހަގީގަތް އޮޅުވާލަން މަސަތްކަތް ކުރިޔަސް، ތަފާސް ހިސާބުތަކުން އިނގެން އެއޮތީ ތަރައްގީގެ ޕޮރޮޖެކްޓްތައް ހިނގަމުންދަނީ މީގެކުރިން ދުވަހަކުވެސް ނުހިނގާހާ ބާރު ދުވެލީގަކަން.. ގިނަރައްޔިތުން ގަބޫލުކުރާގޮތުގައި ދުނިޔެއައް މިދިމާވިދަތި ދުވަސްވަރުގަވެސް ޕްރޮޖެކްޓްތައް ނުހުއްޓި ކުރިއައް ގެންދެވެނީ ސަރުކާރުގެ ހިކުމަތްތެރި ވިސްނުމުގާކަން… ހަގީގަތް އޮޅުވާނުލައްވާ…
Web cam ah ves naraa haa fast koh dotha