ޚަބަރުސިޔާސީ

ޓެކްސް ބޮޑު ކުރާ ބިލާއެކު ގިނަ ބިލުތަކެއް މަޖިލީހަށް ހުށަހަޅަނީ

ޓެކްސް ބޮޑުކުރާ ބިލު ހިމެނޭ ގޮތަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރަށް ހުށަހަޅަން ނިންމާފައިވާ ބިލުތަކުގެ ލިސްޓު އެޓާނީ ޖެނެރަލް (އޭޖީ) ގެ އޮފީހުން މަޖިލީހަށް ފޮނުވައިފިއެވެ.

މަޖިލީހުގެ ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ މާދަމާ ފެށޭއިރު، އެ ބިލްތައް މަޖިލީހަށް ފޮނުވީ މިއަދު އެވެ.

ސަރުކާރުން ހުށައަޅަން ނިންމާފައިވަ ބިލްތަކުގެ ތެރޭގައި ޓޫރިޒަމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ގޭންގު ކުށްތައް މަނާކުރުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހިމެނެއެވެ.

މީގެ އިތުރުން ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުވެސް ހިމެނެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button