ޚަބަރުވިޔަފާރި

ކުއިކް ފިކްސް އިން ކުރާ ކޮންމެ ވިޔަފާރިއަކަށް ހާއްސަ އިނާމެއް

ކުއިކް ފިކްސް އިން ކުރާ ކޮންމެ ވިޔަފާރިއަކަށް ހާއްސަ އިނާމެއް ކަސްޓަމަރުންނަށް ދިނުމަށް އެ ފިހާރައިން ނިންމައިފިއެވެ.

އެއަރ ކޮންޑިޝަން (އޭސީ) އާއި ގުޅޭ ގިނަ ސާމާނު އެއްތަނަކުން ލިބެން ހުންނަ ކުއިކް ފިކްސް އިން ގަންނަ ކޮންމެ އައިޓަމެއްގެ އިތުރުން ހިލޭ އިނާމެއް ލިބޭ މި ޕްރޮމޯޝަން ފެށީ މި ހަފްތާގެ ތެރޭގައެވެ.

ކުއިކް ފިކްސް ފިހާރަ ހިންގާ ކުންފުނިން ބުނީ، އެ ކުންފުނީގެ އަމާޒަކީ އޭސީ އާއި ދޮންނަ މެޝިންގެ ސްޕެއަރ ޕާޓްސްގެ އިތުރުން އެޕަލް އަދި އެންޑްރޮއިޑްގެ ހާއްސަ އެސެސަރީޒްގެ ވިޔަފާރި އިތުރަށް ފުޅާކުރުން ކަމުގައެވެ.

މާކެޓުގެ އަގުތަކަށް ބަލާއިރު، މިހާރުވެސް އެ ފިހާރައިން ވިއްކާ ސާމާނުގެ އަގު ހެޔޮކަން ފާހަގަކޮށްލެވެއެވެ. އަދި މި ފިހާރައިން އޭސީގެ މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަ، ޒަމާނީ އާލާތްތައްވެސް ލިބެން ހުރެއެވެ.

”ހަމައެކަނި ޓޫލްސް އަދި އޭސީ އާއި ދޮންނަ މެޝިންގެ ސާމާނެއް ނޫން ވިއްކަނީ. އަޅުގަނޑުމެން އަތުން ބްރޭންޑެޑް އޭސީވެސް ލިބެން ހުންނާނެ.“ ކުއިކް ފިކްސް އިން ބުންޏެވެ.

ކުއިކް ފިކްސް އިން ވިއްކާ އޭސީގެ ތެރޭގައި ޓީސީއެލް، މީޑިއާ، ކޮމްފީ، އެލްޖީ އަދި އޮކްސްގެ ބްރޭންޑްތައް ހިމެނެއެވެ.

ބުރުޒު މަގު ކަލާފާނު ސްކޫލު ކައިރީގައި ހުންނަ މި ފިހާރައިގެ އިތުރުން އެ ކުއިކް ފިކްސް ކުންފުނިން އަންނަނީ އޭސީގެ ޓޯޓަލް ސޮލިއުޝަން ކަސްޓަމަރުންނަށް ފޯރުކޮށްދެމުންނެވެ.

ދޮންނަމެޝިނާއި، އައިސްއަލަމާރި، މައިކްރޯވޭވް އަވަން ފަދަ ތަކެއްޗަށް ދިމާވާ ހުރިހާ ކަމެއްވެސް އެކުންފުނީގެ ވޯކްޝޮޕުން ހައްލު ކޮށްދެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button