ޚަބަރު

ހިޔާ ފްލެޓެއްގައި ދެމީހަކު ލިވާތު ކުރަން އުޅެފި

ހިޔާ ފްލެޓެއްގައި ދެމީހަކު ލިވާތު ކުރަން އުޅެފިއެވެ.

އެނގިފައިވާގޮތުގައި މިކަން ހިނގާފައިވަނީ އެޗް7 ގެ 10 ވަނަ ފަންގިފިލާގައި އުޅޭ އެޕާޓްމެންޓެއް ތެރޭގައެވެ.

އެ ދެމީހުން ލިވާތު ކުރަން އުޅެނިކޮށް، ބަޔަކު ވަނީ އެ މަންޒަރު ސޯޝަލް މީޑިއާގައި ދައުރުކޮށް، ފުލުހުންގެ ސަމާލުކަމަށް ގެނެސްފައެވެ. އަދި އެފަހުން 2 ފުލަހަކު އެޕާޓުމަންޓަށް ވަންނަ މަންޒަރު ސޯޝަލް މީޑިއާގައި އާންމުންގެ މީހަކު ވަނީ ލައިވް ކޮށްފައެވެ.

މިކަމާ ގުޅިގެން ފުލުުހުން ބުނީ ހިޔާ ޓަވަރެއްގައި ފިރިހެނުންތަކެއް ގައިގޯޅިވާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން އެތަނަށް ގޮސް، އެ މައްސަލައިގައި ތުހުމަތު ކުރެވޭ ބިދޭސީ ދެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމުގައެވެ.

އެ މައްސަލަ މިހާރު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

One Comment

  1. އެހެންނުވާނީ އެފަދަމީހުނަން އިހުތިރާމާ ލޯބިދީފާ ފޮނުވާލަނީ އެމީހުންން ލޯބި ބޭނުންވާނެޔޭ ކިޔާފަ. ހެޔޮނަސޭހަތް ދޭމީހަކުވިއްޔާ އަނިޔާވެރިކަމާއެކު ވަކި މުއްދަތެއް ނެތި ޖަލުގަ. އެމީހުންގެ އޮންނަނީ ހިތެއްނޫވިއްޔަ

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button