ޚަބަރުސިޔާސީ

ދެ މީހަކު އެކަނި ތިބެ ވެސް ކުރާ ލިވާތުން މުޖުތަމައު ފަސާދަވުމަކީ ލިބޭ ގެއްލުމެއް: ޝަކީލް

ދެ މީހަކު އެކަނި ތިބެ ވެސް ކުރާ ލިވާތުން މުޖުތަމައު ފަސާދަވުމަކީ މުޅި މުޖުތަމައު އަށް ލިބޭ ގެއްލުމެއް ކަމަށް ޕީޕީއެމްގެ ކުރީގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ޝަކީލު ވިދާޅުވެއްޖެއެވެ.

ޝަކީލް ކުރެއްވި ޓުވީޓްގައި ވިދާޅުވީ ލިވާތު ބާގައިގެ މީހުން ތިބެން ޖެހޭނީ މުޖުތަމައު އިން އެކަހެރި ކޮށްފައި ކަމަށެވެ. އަދި ލިވާތަކީ އާދައިގެ ކަމަކަށް ހެދުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރާވައިގެން ހިންގާ ޖަރީމާގެ ދެވަނަ ފޭސް ފެށުނީ ކަމަށް ޝަކީލް ވިދާޅުވިއެވެ.

ޝަކީލު މިފަދައިން ޓުވީޓު ކުރެއްވީ އެންމެ ހުުތުރުކަން ބޮޑު އެއް ފާފަ ކަމުގައިވާ ލިވާތު ކޮށްގެން އެހެން މީހަކަށް ގެއްލުމެއް ނެތް ކަމަށާއި، ޔޯގާ ހަމަނުޖެހުމުގެ ސަބަބުން އެހެން މީހުންގެ ޖިސްމަށް އަނިޔާ ލިބޭ ފަދަ އަމަލުތަކެއް ފެނުނު ކަމުގައި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވުމާ ގުޅިގެންނެވެ.

އިބްރާ މިފަދައިން ވިދާޅުވީ ދެ ހަފްތާ ނުވަނީސް ލިވާތު ކުރި މީހުން ދޫކޮށްލިއިރު، ޔޯގާ ހައްޔަރީން ތިބީ ބަންދުގައިކަން ފާހަގަކުރައްވައި ވަކީލު މުހައްމަދު ޝަހީދު ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވަމުންނެވެ. އެނާ ވިދާޅުވިގޮތުގައި ޒިނޭ އާއި ލިވާތަކީ ކުށެކެވެ. އެކުށަކީ ދެމީހަކު ނުވަތަ ގިނަ ބަޔަކު ރުހުމުގައި އެކަހެރިވެގެން ތިބެ ކުރާ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އެހެން މީހެއްގެ ފުރާނައަށް, މުދަލަކަށް, މިނިވަންކަމަކަށް ލިބޭނެ ގެއްލުމެއް ނެތްކަންވެސް އިބްރާ ފާހަގަކުރެއްވިއެވެ.

ލިވާތު ކުރި މައްސަލައިގައި ހައްޔަރުގައި ތިބި މީހުން ދޫކޮށްފައި ވަނީ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ ލަފާގެ މަތިން ފުލުހުންނެވެ. ދޫކޮށްލި މީހުންގެ ތެރޭގައި ނޮޅިވަރަން ދާއިރާގެ ކުރީގެ މެންްބަރު އަދި ޑީއާރުޕީގެ ލީޑަރު ކާނަލް މުހައްމަދު ނަޝީދު އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތް ކުރި އަބްދުއްރަހްމާން ރަފީއު (ދޮންދިގު) ގެ އިތުރުން ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ހިމެނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button