ޚަބަރުސިޔާސީ

ތިލަފުށި ދެވަނަ ފިޔަވަހީން 120 ހެކްޓަރު ބިން ހިއްކާ، މަސައްކަތް ނިންމާލައިފި

ތިލަފުށި ދެވަނަ ފިޔަވަހީގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުން 120 ހެކްޓަރު ބިންހިއްކާ، މަސައްކަތް ނިންމާލައިފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މަޢުލޫމާތު ދިން ގޮތުގައި ތިލަފުށި ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ ދަށުން އޭރިއާ އޭ، ބީ، އީ އަދި އެފް ހިއްކުމުގެ މަސައްކަތް އެއްކޮށް މިހާރު އެވަނީ ނިމިފައެވެ.

ސިނަމާލެ ބްރިޖު އެޅުމުގެ މަސައްކަތް ކުރި ޗައިނާ ކޮމިއުނިކޭޝަންސް އެންޑް ކޮންސްޓްރަކްޝަންސް (ސީސީސީސީ) ކުންފުނީގެ ގޮތްޕެއް ކަމުގައިވާ ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އާއި ހަވާލުކޮށްގެން ކުރި މި މަސައްކަތުގެ މިހާރު ކުރިއަށް ދަނީ އޭރިއާ ”އީ“ ގެ ހިއްކި ބިމުގެ ސަރަހައްދު ލެވެލް ކުރުމުގެ މަސައްކަތް ކަމަށް އެޗްޑީސީއިން މައުލޫމާތުދެއެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭ ފެށި މި މަސައްކަތް މިހާރު ނިމުމަކާ ހަމައަށް އައިސްފައިވާއިރު, އެޗްޑީސީން ބުނެފައިވަނީ އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ސަރުކާރުގެ އިރުޝާދުގެ މަތިން ރާއްޖޭގެ ތަރައްޤީއަށް ހިންގޭ މަޝްރޫއުތައް ތާވަލާއި އެއްގޮތަށް ކުރިއަށް ގެންގޮސް، ރައްޔިތުންނަށް ލިބެން ހުރި ފައިދާތަކާއި މަންފާތައް ވީހާވެސް އަވަހަށް ފޯރުކޮށްދިނުމަށް ކަމަށެވެ.

ތިލަފުށިން ބިން ހިއްކުމުގެ މަޝްރޫޢަކީ މާލޭ ސަރަހައްދުގައި ވިޔަފާރިތަކަށް ޚާއްސަ ސިނާއީ މަސައްކަތްތައް ކުރުމަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ޓަކައި ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެގޮތުން އަލަށް ހިއްކި ސަރަހައްދުގައި އިންޑަސްޓްރިއަލް މަސައްކަތްތަކަށާއި ކުދި ވިޔަފާރިތަކަށް ހާއްސަ ސަރަހައްދެއް ހިމެނޭނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button