ޚަބަރު

ޝިއާއުގެ ޕޯސްޓްމޯޓަމް ހަދައިފި

މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ހ.ޝީރީން ވިލާގެ 9 ވަނަ ފަންގިފިލާގައި މަރާލާފައި އޮއްވާ ފެނުނު ފުވައްމުލައް ސިޓީ، މާލެގަން, ކުރި, ޝިއާއު މުހައްމަދު ސައީދު، 22 ޕޯސްޓްމޯޓަމް ހެދުމަށްފަހު މިއަދު ހަށިގަނޑު މާލެ ގެނެސްފިއެވެ.

ޝިއާއު މަރާލުމުގެ އިތުރުން އޭނާގެ އަތާއި، ފައިގެ އިތުރުން ކަރު ވެސް އޮތީ ބުރިކޮށްލާފައެވެ. ޝިއާއުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވާލީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އޭނާގެ ހަށިގަނޑު މާލެ ގެނެސް ގަލޮޅު މޯޗަރީއަށް ލީ މިއަދެވެ. ޕޯސްޓްމޯޓަމްގެ ނަތީޖާ ލިބޭނެ ދުވަހެއް އަދި ނޭނގެއެވެ.

ޝިއާއުގެ ގާތިލް ކަމަށް ފުލުހުން ތުހުމަތު ކުރާ ފ.ނިލަންދޫ ފިނިފެންމާގެ، އަލީ ޝާހިލް، 23 ސީން އިން ހައްޔަރު ކުރިއިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ މައްސަލައިގައި ޝާހިލްގެ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button