ގަތުލު އާންމުވަނީ މުޖުތަމައުގައި ލޫޕް ހޯލްތައް ހުރުމުން: އާދަމް ޝަރީފް
މިފަދަ ކަންކަން ގައުމުގައި ހިނގަނީ މުޖުތަމައުގައި ގިނަ ލޫޕް ހޯލްތަކެއް ހުރުމުން ކަމަށް ވިދާޅުވެ ރަހުމުކުޑަ ގޮތަކަށް މަރާލާފައިވާ ޏ.ފުވައްމުލައް ސިޓީ ޝިއާއު މުހައްމަދު ސައީދު، 22 އަށް އިންސާފު ހޯދައިދިނުމަށް ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރު ގޮވާލައްވައިފިއެވެ.
އާދަމް ޝަރީފް ކުރެއްވި ޓްވީޓްގައި ވިދާޅުވީ ގައުމު ބިނާ ކުރުމަށް ކުރެވުނު މަސައްކަތުގައި ނަތީޖާ މުރާޖާ ނުކުރެވި ގިނަ ލޫޕްހޯލް ތަކެއް މުޖުތަމައުގައި ހުރިއިރު، ޖިނާއީ އިޖުރާތެގެ ގާނޫނާއި، ގާނޫނުލް އުގޫބާތާއި، ތަހުގީގީ މަރުހަލާގައިވެސް ގިނަ ލޫޕް ހޯލްތަކެއް ހުރި ކަމަށެވެ. އެހެންކަމުން މިކަން ކަމަށް އަވަސް ހައްލެއް ބޭނުންވާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
Mifadha kankan hinganee qaumu binaa kurumah kurevunu masakkathuge natheejaa muraajaa'a nukurevi, gina loop holethakeh mujuthamaugai huriiru, jinaaee ijuraa'athuge qanoonaai qaanoonul uqoobaathaai thahuqeeqee maruhalaagai hurumun. Avas halleh beynunvey. https://t.co/CdhbjEci6y
— Adam Shareef Umar (@Adamshareefz) August 7, 2022
ޝިއާއުގެ މަރާ ގުޅިގެން ފ.ނިލަންދޫ ފިނިފެންމާގެ، އަލީ ޝާހިލް، 23 ވަނީ ސީންއިން ހައްޔަރުކޮށްފައެވެ. އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ވެސް ވަނީ އަމުރުކޮށްފައެވެ. އަނިޔާވެރި ގޮތަކަށް މަރާލި އަންހެން މީހާގެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ އަލީ ޝާހިލް އަދި މިހާތަނަށް ކުށަށް އިއުތިރާފް ވެފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.