ޚަބަރު

މާލެއިން އެންމެނަށްވެސް ބޯހިޔާވަހިކަން ލިބެން ޖެހޭނެ: މާއިލް

އެތައް އަހަރެއް ވަންދެން މާލޭގައި ދިރިއުޅެމުންދާ އެންމެނަށްވެސް މާލެއިން ބިމެއް ނުވަތަ ފްލެޓެއް ލިބެން ޖެހޭނެ ކަމުގައި ޕީޕީއެމްގެ ސެނެޓަރ ހަސަން މާއިލް އަލީ ވިދާޅުވެއްޖެއެވެ.

މާއިލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަތޮޅު ތެރެއަށް ނިސްބަތްވިޔަސް މާލެއަށް އުފަންވެ ނުވަތަ ބޮޑުވަންދެން މާލޭގައި ދިރިއުޅުނު މީހުނަށް މާލޭގެ ރަށްވެހިން ފަދައިން ހައްގުތަކެއް އޮންނާނެކަން ދަންނަން ޖެހޭ ކަމުގައެވެ.

”އެއީ މާލޭގެ ރަށްވެއްސެއްގެ ގޮތުގައި ހުރެ އަޅުގަނޑު ގަބޫލު ކުރާ ގޮތް.“ މާއިލް ވިދާޅުވިއެވެ.

އޭނާ ފާހަގަކުރެއްވިގޮތުގައި ރަށްރަށުގައި ދިގު މުއްދަތަކަށް ދިރިރިއުޅޭ މާލޭގެ ރަށްވެހިންނަށްވެސް އެ ފުރުސަތު އޮންނަން ވާނެއެވެ. ހާއްސަކޮށް އެ ރަށަކަށް ނިސްބަތް ނުވާ އެކަމަކު އެހެން އަތޮޅެއްގެ ރަށަކަށް ނިސްބަތްވާ މީހަކުވެސް ދިރިއުޅޭ ތަނަކުން ގޯއްޗެއް ލިބުމަކީ އެންމެގެވެސް ހައްގު އެއްހަމައަކުން ކިރޭނެ ގޮތް ކަން މާއިލް ފާހަގަކުރެއްވިއެވެ.

މާއިލް ވިދާޅުވީ ކަނޑައެޅޭ ވަކި މުއްދަތެއްގައި ރާއްޖޭގެ ކޮންމެ ހިސާބެއްގެ މީހަކުވެސް ވަކި ރަށެއްގައި އުޅެމުންދާނަމަ، އޭނާއަށްވެސް ބޯހިޔާވަހިކަމުގެ ހައްގު އޮންނަން ޖެހޭނެ ކަމުގައެވެ.

2 Comments

  1. Den nulaanan ppm akah voateh..mimeehun ge verikamugaa ves male meehun ge boahiyaa koddhinumah shey kiyaafa male falhuthah hikkaafa atholhu thakah bahaaleemaa verikan vettunee ves. Adhives nuvey tha hey araakah

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button