2023 ރައީސް ޔާމީން ކާމިޔާބު ކުރައްވާނީ ދިވެހިންނަށް ގައުމު އަނބުރައި ހޯއްދަވައި ދެއްވަން: މާއިލް
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ޔާމީން އަބްދުލްގައްޔޫމް ކާމިޔާބު ކުރައްވާނީ ދިވެހިންނަށް ދިވެހި ގައުމު އަނބުރާ ހޯއްދަވައިދެއްވަން ކަމަށް ޕީޕީއެމްގެ ސެނެޓަރު މާއިލް އަލީ ވިދާޅުވެއްޖެއެވެ.
މާއިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަރުކާރުގެ ހަރަދު ބޮޑުވުމަކީ ރައްޔިތުން އެކަމުގެ ތަކުލީފު އުފުލަން ޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި އިންތިހާއަށް ސިޔާސީ ވަޒީފާ އިތުރުކޮށް ކުންފުނިތަކަށް އެކި ނަންނަމުގައި މީހުން ވައްދަނީ 2023 ގެ އިންތިހާބު ޔަގީންކުރަންކަން ދިވެހިންނަށް އިނގޭ ކަމަށް މާއިލްގެ މި ޓްވީޓުގައި ވިދާޅުވިއެވެ.
ހަމަ އެހެންމެ ސަރުކާރުން ޖީއެސްޓީއާއި އެހެނިހެން ޓެކްސްތައް އިތުރުކޮށް، އެކި ނަންނަމުގައި ރައްޔިތުން ޖޫރިމަނާކޮށް، “އެފައިސާ މިފައިސާ” އަށް ހަދައި، ރައްޔިތުން އަތުން ބޮޑު އާމްދަނީއެއް ސަރުކާރަށް ހޯދަމުންދަނީ ސަރުކާރުގެ މަސްލަހަތު އޮންނަ ފަރާތްތަކަށް މުސާރަ ދިނުމަށް ކަމަށް ފެންނަމުން ދިޔުމަކީ ދެރަކަމެއް ކަމަށް މާއިލް ވިދާޅުވިއެވެ.
މީގެ އިތުރުން އިންޑިއާގެ ކްރެޑިޓް ލައިންތަކުގެ ތެރެއިން ތަރައްގީގެ ނަމުގައި ގިނަ ލޯން ތަކެއް ނަގައި، އެއްވެސް މަޝްރޫއެއް ކުރިއަށް ނުގެންދެވުމަކީ ސަރުކާރުގެ ނާގާބިލްކަންވެސް ޔަގީންވާ ކަމެއް ކަމަށް ވިދާޅުވިއެވެ.
މާއިލް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙަށް އަމާޒުކޮށް އިތުރަށް ވިދާޅުވީ، މާދަމާ އިންޑިއާއަށް ދަތުރުކުރައްވައި، ކެންޕެއިން ބަޖެޓް ހޯއްދެވިޔަސް 2023 ގެ އިންތިހާބު ކާމިޔާބު ނުކުރެއްވޭނެ ކަމަށާއި، ދިވެހިންނަކީ އެއަށްވުރެ ވިސްނޭ، ގޮތް ނިންމުމުގައި ކުޅަދާނަ ބައެއް ކަމަށެވެ. އަދި ޓްވީޓު ކުރުކޮށްލަމުން ވިދާޅުވީ މާތް ރަސްކަލާނގެ އިރާދަފުޅާއެކު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ޔާމީން ކާމިޔާބު ކުރައްވާނީ ދިވެހިންނަށް ދިވެހި ގައުމު އަނބުރާ ހޯއްދަވައިދެއްވަން ކަމަށެވެ.
ކާމިޔާބު ﷲ ރަހުމަތްފުޅުން ލިބުނީމަ މިހާމިހިއްގާފަދަ ފާހިސްއަމަލުތަކަން ސަޕޯޓުލިބޭފަދަކަންތައް ނުކޮއްފިއްޔާވެދާނެ ގައުމުވެސް މިއޮތީމީހަކަންހޯދާދެވޭފަދަހިސާބެއްގަވެސްނު މޑޕ ވެރިކަމުގާ އިންޑިޔާއަް ކޮއްމެވެސް ތަނެއްދޭނެ އަނެއްކާމިފަރު ރައީސް އންޑިޔާއަށްގޮސް ދޭނީ އަދިނިއްމާނިކޮްއެއްޗެް ކޮންކަމެއްކަމެންކަމެއްކަމެއްކަންވެސްނޭގެ