އަދުގެ ސަރުކާރުގައި ސަރުކާރެއްގެ ވައްޓަފާޅި ނެތުމަކީ ދިވެހިން ވިސްނަންޖެހޭ ކަމެއް ކަމަށް ޕީޕީއެމްގެ ސެނެޓަރު މާއިލް އަލީ ވިދާޅުވެއްޖެއެވެ.
މާއިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލަންކާގެ ޓެކްސް ބޮޑުކޮށް، އިންފްލޭޝަން މަތިވެ، ތެޔޮ ހުސްވެ ލަންކާ ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔައީ، ލަންކާގެ އައު ބޮޑުވަޒީރުވެސް އަދި އެގައުމުގެ މަޖިލީހަށްވެސް ރައްޔިތުންނަށް ހައްލެއް ހޯދައި ނުދެވުމުން ކަމަށެވެ.
ރާއްޖޭގެ މިސްރާބުވެސް ހިފާފައިވަނީ މިފަދަ ގޮތަކަށް ކަމަށާއި، ނަމަކަށް ސަރުކާރެއް އޮތަސް ކަމުވޮށިގެންވާ މީހުން ސަރުކާރުގައި ނެތި، ނާގާބިލް ވެރިއެއް ދިވެހި ދައުލަތް ހިންގަން ޖެހިފައިވުމީ، މިކަހަލަ ކަމެއް ދިވެހިންނަށް ދިމާ ނުވެދާނެ ސަބަބެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް މާއިލް ވިދާޅުވިއެވެ.
އޭނާ ފާހަގަކުރެއްވިގޮތުގައި އަދުގެ ސަރުކާރުގައި ސަރުކާރެއްގެ ވައްޓަފާޅިއެއް ނެތުމަކީ ދިވެހިން ވިސްނަން ޖެހޭ ކަމެކެވެ.
މާއިލްގެ މި ޓްވީޓަކީ އަވަށްޓެރި ސްރީލަންކާގައި އިއްޔެ ހިނގައިދިޔަ ހާދިސާއާއި ގުޅިގެން ކޮށްފައިވާ ޓްވީޓެކެވެ. އެގޮތުން ލަންކާގައި އިއްޔެ ކުރިއަށްދިޔަ މުޒާހަރާގެ ބައިވެރިން ވަނީ އެގައުމުގެ ރައީސްގެ ގަނޑުވަރަށް ވަދެފައެވެ. އަދި ލަންކާގެ ރައްޔިތުން ދަނީ ގޯތާބެޔާ ރާޖަޕަކްސަ، އަދި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ އިސްތިއުފާދެއްވުމަށް ގޮވާލަމުންނެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތުވެސް ދުވަހެއް ދުވަހަކަށް ދަށްވަމުން އަންނަ އިރު، ދެވަނަ ލަންކާއަކަށް ރާއްޖެ ވެދާނެ ކަމަށް އިގްތިސާދީ މާހިރުންވެސް ދަނީ ބުނަމުންނެވެ.
Koba thibunaa vahtafaalhi akee