އެމްޑީޕީގެ ޗެއާޕާސަންކަން ކުރެއްވި ހުޅުހެންވޭރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުސާ މަނިކު (ރީކޯ މޫސަ) ގެ ދަރިފުޅަށް ސަރުކާރުން ބޮޑު މުސާރަ ދެމުންދާއިރު، ދައުލަތުގެ ހަރަދު ބޮޑުވާ ކޮންމެ ފަހަރަކު އަތް ބާނަނީ ރައްޔިތުންގެ ޖީބަށް ކަމުގައި ކުރީގެ ނައިބު ރައީސް އަދި ޕީޕީއެމްގެ އެޑްވައިޒަރު ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑިޕްލޮމެޓިކް ތަޖުރިބާއެއް ނެތް، ރީކޯ މޫސަގެ ދަރިފުޅު ބުޝައިނަތު މޫސާއަށް ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކެޓްރީގެ މަގާމު ދީގެން ދިވެހި ސަރުކާރުން މަހެއްގެ މައްޗަށް 179،000 ރުފިޔާ ހަރަދުކުރާކަން ދިޔަރެސް ނޫހުން ހާމަކުރުމާ ގުޅިގެން ޖަމީލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެފަދަ ބޭކާރު އެތަކެއް ހަރަދު ހުއްޓުމެއް ނެތި ކުރާ ކަމުގައެވެ.
މިފަދަ ބޭކާރު އެތަކެއް ޚަރަދު ހުއްޓުމެއް ނެތި ކުރިޔަށް. ދެން ސަރުކާރުގެ އޮތް ޙައްލަކީ ނިކަމެތި ރައްޔިތުންގެ ޖީބަށް އަތްބޭނުން. ގިނަ އެމްބަސީތަކަކީ މަސައްކަތެއް ނެތި، ވަކި ބަޔަކަށް ވަޒީފާތަކެއް ދޭން އުފެއްދި ތަންތަން. މިއީ ރޭވިގެން ހިންގާ ޖަރީމާއެއް. https://t.co/boVrZT467L
— Mohamed Jameel Ahmed (@MJameelAhmed) August 10, 2022
އެމަނިކުފާނު ވިދާޅުވިގޮތުގައި އާމްދަނީ ހޯދުމަށް ސަރުކާރުގެ އޮތް ހައްލަކީ ނިކަމެތި ރައްޔިތުންގެ ޖީބަށް އަތްބޭނުމެވެ.
”ގިނަ އެމްބަސީތަކަކީ މަސައްކަތެއް ނެތި، ވަކި ބަޔަކަށް ވަޒީފާތަކެއް ދޭން އުފެއްދި ތަންތަން. މިއީ ރޭވިގެން ހިންގާ ޖަރީމާއެއް.“ ޖަމީލް ވިދާޅުވިއެވެ.
ދައުލަތުގެ އެކި މަގާމުތަކަށް އެއްވެސް ތަޖުރިބާއެއް ނެތް އެމްޑީޕީގެ ގާތް މީހުންނާއި، އެމީހުންގެ ދަރިންނާއި، ޅިޔަން ފަހަރިން އައްޔަންކޮށްގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގެންދަވަނީ ކޯލިޝަން ސަރުކާރެއް ހިންގަވަމުންނެވެ.