ޚަބަރުސިޔާސީ

ރައީސް ސާލިހަކީ ނާގާބިލްކަމާއި ގައުމު ހަފުސްކޮށްލުމުގެ ނަމޫނާ: ޑރ.ޖަމީލް

މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާކީ ނާގާބިލުކަމާއި ގައުމު ހަފުސްކޮށްލުމުގެ ނަމޫނާއެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ.ޖަމީލް މިހެން ވިދާޅުވެފައިވަނީ އެމަނިކުފާނު ކުރައްވާފައިވާ ޓްވީޓެއްގައެވެ. އެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ އެމްޑީޕީގެ ލީޑަޝިޕްގައި ތިބީ ވެރިކަމަކީ ސަމާސާއެއްކަމަށް ދެކޭ 2 ބޭފުޅުންކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަކީ ރައްޔިތުންގެ މުސާރައިގައި އެހެން ޤައުމަކަށް މަސައްކަތްކޮށްދިނުމުގައި މުސާރަ ކަނޑައި ޗާޓުގެ ތެރެއަށް ގެންނަންޖެހޭ ބޭފުޅެއް ކަމަށެވެ.

ޖަމީލުގެ ޓުވީޓުގައި ޝާމް އަލް ޝެއިހް އުން ޔުނައިޓެޑް ނޭޝަން ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ސީއޯޕީ  27) އަށް ރައީސް ސާލިހް އަދި ރައީސް ނަޝީދު ވަޑައިންނެވުމަށް ހަމަޖެހިފައިވާ ނޫސްބަޔާނުގެ ފޮޓޯއެއް ހިއްސާ ކުރައްވާފައިވެއެވެ. އަދި ރައީސް ނަޝީދުގެ ފޮޓޯ އެއްވެސް ހިއްސާ ކުރެއްވިއެވެ.

އިންތިހާބު ބޯމަތިވެފައިވާއިރު މިސަރުކާރުގެ އިސްވެރިންގެ އަމަލުތަކަށް ރައްޔިތުންގެ ފާޑުކިޔުންތަކެއް އަމާޒުވަމުންދާކަން ފާހަގަވެއެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button