ޚަބަރު

މަރުގެ ހުކުމް ތަންފީޒު ނުކުރާނެކަމަށް އިމްރާން ބުނީމަ އަދާލަތުގެ އިލްމުވެރިން އޭނާ މަގާމުން އަޒުލު ކުރަން ނުޖެހޭތޯ؟

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކުރާނެކަމަށް ހޯމް މިނިސްޓަރ އިމްރާން ވިދާޅުވުމުން އަދާލަތުގެ އިލްމުވެރިން އޭނާ މަގާމުން އަޒުލު ކުރަން ނުޖެހޭތޯ ރައްޔިތުންގެ އިއްތިހާދުގެ ރައީސް އިބްރާހީމް މުހައްމަދު ވިދާޅުވެއްޖެއެވެ.

އިބްރާހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަދާލަތުގެ އިލްމުވެރިންގެ މަޖިލީހާއި، އާންމު މެންބަރުގެ ނަމުގައި ލީޑަރު އިމްރާން މަރުގެ ޙުކުމް ތަންފީޒު ކުރުމުގެ ވިސްނުން ނެތްކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގައި ބަޔާން ދެއްވާފައިވާ ކަމުގައެވެ.

ކުރިން މަޖިލިސް ރައީސް މުހައްމަދު ނަޝީދު މަރުގެ ހުކުމާ ދެކޮޅަށް ވާހަކަފުޅު ދެއްކެވުމުން އެކަމާއި ދެކޮޅުވެ އިންކާރު ކުރި ފަދައިން އަދާލަތު ޕާޓީގެ އިލްމުވެރިންނާއި އާންމު މެންބަރުން ޕާޓީގެ ލީޑަރަށް އިންކާރު ނުކޮށް ތިބުމުން ރައްޔިތުންނަށް ހައްގާއި ބާތިލް އޮޅޭނެ ކަން އިބްރާހީމް ފާހަގަކުރެއްވިއެވެ.

 

އޭނާ ވަނީ އަދާލަތު ޕާޓީގެ ރައީސްގެ މި ބާތިލު ބަހަށް އިންކާރުކޮށް، އޭނާ މަގާމުން އަޒުލު ކުރަން ނުޖެހޭތޯ އެޕާޓީގެ އިލްމުވެރިންނާ ސުވާލު ކުރައްވާފައެވެ.

ޖޫން 26 ގައި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިޤް ކުރެއްވި ސުވާލަކަށް ދެއްވަމުން އިމްރާން ވިދާޅުވީ އެއީ ޒަމާނުއްސުރެ ދިވެހިރާއްޖޭގައި އަމަލުކުރަމުން އައި ގޮތް ކަމަށާއި، އެހެން ސަރުކާރުތަކުން މި އުސޫލު ބަދަލުކުރުމަށް މަސައްކަތްކޮށްފައި ވީނަމަވެސް، މި ސަރުކާރުން މަރަށް މަރު ހިފުމާ ބެހޭ އުސޫލު ބަދަލު ނުކުރާނެކަމަށް ވިދާޅުވިއެވެ.

 

 

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button