އަޅުގަނޑުގެ ބޮލުގައި މަރުގެއިލްޒާމު އެޅުވި އިމްރާނަށް ދައުވާކުރާ ވަގުތު އެބަގާތްވޭ: ކުރީގެ ސީޕީ

ހޯމް މިނިސްޓަރ އިމްރާނަށް ދައުވާ ކުރާ ދުވަސް ގާތްވަމުން ދާކަމުގައި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެއެވެ.
ސީޕީ ހުސައިން ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ބޮލުގައި މީހަކު މަރާލިކަމުގެ ތުހުމަތު އާންމު އެއްވުމެއްގައި އަޑުބާރުކޮށް، ހަޅޭއްލަވާ، ހެކިތަކެއް ހުރިކަމަށް ގޮވާ އެޅުވި ނުބައިނުލަފާ އިމުރާނުގެ މައްޗަށް ދައުވާ އުފުލާނެ ދުވަސް އެބަ ގާތްވާ ކަމުގައެވެ.
އެމްޑީޕީން 2015 ވަނަ އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހު މާލޭގައި ބޭއްވި މޭޑޭ މުޒާހަރާގައި އިމްރާން ވަނީ ޑރ.އަފްރާޝީމް އަލީގެ މަރާއި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމާއި، އަދި އޭރު ޓްއަރިޒަމް މިނިސްޓަރަކަށް ހުންނެވި އަހުމަދު އާދީބާއި، ސީޕީ ހުސައިން އާއި ގުޅޭ ލިޔުންތަކެއް އެބަހުރި ކަމަށް ބުނެފައެވެ.
މޭޑޭ މުޒާހަރާ އާއި ގުޅިގެން އިމްރާނަށް ޖަލު ހުކުމެއް އިއްވިއެވެ. ވެރިކަން ބަދަލުވުމުން އެހުކުމް ވަނީ ބާތިލް ކޮށްފައެވެ. ފަހުން އެނގުނު ގޮތުގައި އިމްރާން އެދުވަހު ދެއްކީ ހަވީރު ނޫހުގެ ވެބް ޕޭޖްތަކެއްގެ ޕްރިންޓްތަކެކެވެ. އެލިޔުންތަކާއި ގުޅޭ ގޮތުން ވެސް އިމްރާން ވަނީ އެތައް ފަހަރަކު އިތުރުފުޅު ހައްދަވާފައެވެ.
އެގޮތުން 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މެންބަރަކު ސުވާލު ކުރުމުން އިމްރާން ވިދާޅުވީ ފުލުހުން އެލިޔުންތައް އޭނާ ހައްޔަރުކުރި ދުވަހު އަތުލާފައި ކަމަށެވެ. އެކަމަކު އިމްރާން ހައްޔަރު ކުރަން ފުލުހުން އެގެޔަށް ދިޔަ ދުވަހުގެ ވީޑިއޯއިން އެފަދަ މަންޒަރެއް ފެނިފައެއް ނުވެއެވެ. އެ މައްސަލައިގައި އެފަހުންވެސް އެހެން ތަރުޖަމާނެއް އިމްރާން ނެރުއްވިއެވެ.
އެގޮތުން ދިވެހިރާއްޖޭގެ އަޑުން 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުގެ ރޭ ގެނެސްދިން ”އަހާށޭ ބުނާނަން“ ޕްރޮގުރާމްގެ ބައިވެރިއެއްގެ ސުވާލަށް ދެއްވި ޖަވާބުގައި އިމްރާން ވިދާޅުވީ މޭޑޭ މުޒާހަރާގައި އޭނާ ދެއްކެވީ ސިޔާސީ ވާހަކަތަކެއް ކަމުގައެވެ.
We all know who you are husn