
މިސަރުކާރުގެ ހޯމް މިނިސްޓަރު އަދި ޢަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާނަކީ ސިޔާސީ ހަށި ވިއްކާ މީހެއްގޮތުގައި ޖަމިއްޔަތުއް ސަލަފްގެ ޗީފް މާކެޓިންގް އޮފިސަރ ޢަލީ ރަމީޒް ސިފަކުރައްވައިފިއެވެ.
ޢަލީ ރަމީޒް މިފަދައިން ވިދާޅުވީ ސިޔާސީ ލީޑަރުން އެއްވުންތަކަށްގޮސް ރައްޔިތުން ލައްވާ ގޯސް ހަދުވާފައި މައިދާނުން ފިލައިގެން ދާކަމަށް ވިދާޅުވެ އިމްރާން ކުރެއްވި ޓްވީޓަކާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ބައެއް ލީޑަރުން އެއްވުންތަކަށް ގޮސް ހަމަނުޖެހުން ހިންގާ ރައްޔިތުން ލައްވާ ގޯސް ހެއްދެވުމަށް ފަހު މައިދާނުން ފިލައިގެންދާ ކަމަށާއި، ކުށްވެރިވެ އަދަބު ލިބެނީ ނިކަމެތި ރައްޔިތުންނަށް ކަމަށެވެ. އަދި ލީޑަރުން ތިބެނީ ފިލާ ކަމަށާއި ކޮންމެ ފިކުރަކަށް ނިސްބަތްވިޔަސް އެއްވެސް ރައްޔިތަކު މިގޮތަށް ވިޔަ ނުދެއްވުމަށް އިމްރާން ގެ ޓްވީޓްގައި ވިދާޅުވިއެވެ.
Siyaasee baeh “leaderun” kankuraa gothakee evvunthakahgoss hamanujehun hingaa rayyithunlavvaa gose hadhdhaafa maidhaanun filaigendhiun. Kuvverive adhabu libenee nikamethi rayyithunnah. “Leaderun” thibenee filaa! Kommefikurakah nisbayiviyas evves rayyithaku migothah viyanudhevvaa!
— Imran Abdulla (@ShimranAb) June 2, 2023
މިކަމަށް ރައްދު ދެއްވާ ގިނަބަޔަކު ބުނަމުންދަނީ އިމްރާންގެ ޓްވީޓްގައި އެ ވިދާޅުވީ އިމްރާން 2015 ވަނަ އަހަރުގެ މޭޑޭ ގައި ކަންކުރެއްވި ގޮތްކަމަށެވެ. ނޫސްވެރިޔާ އަޒާން ކުރެއްވި ޓްވީޓެއްގައި މިކަމަށް ޢިޝާރާތްކުރައްވާ ވިދާޅުވީ މޭޑޭގައި ބުހުތާނު ދޮގު ހަދާ ރައްޔިތުން ޖަޒުބާތުގައި ޖެއްސުމަށްފަހު އިމްރާން އާއި ކުރީގެ ވަޒީރު ޢަލީ ވަހީދު އާ ދެ ބޭފުޅުން ގެ އެއްގެ ސިޓިންގްރޫމް އެއްގެ ސޯފާ ދަށަށްވަދެ ތިބީ ފިއްލަވާ ކަމަށެވެ.
Muzaaharaage baiverin kairee bunee Aharemen midhanee maghrib namaadhah islami marukazashey. Enmen ethanah annaashey. Evves meehaku fahathah nujehechchey. Verikan vattaalaafa ey mifaharu geyah vannaanee. E hurihaa vaahaka eh dhakkaafa gos othee filaa. #PoliticalProstitute https://t.co/hNLQp1bvh9
— Ali Rameez (@aliramyz) June 2, 2023
އަޒާންގެ ޓްވީޓަށް ޢިޝާރާތްކުރައްވާ ޢަލީ ރަމީޒް ވިދާޅުވީ މޭޑޭގެ މުޒާހަރާގެ ބައިވެރިން ކައިރީ އިމްރާން މަޣްރިބް ނަމާދަށް އިސްލާމީ މަރުކަޒަށް ވަޑައިންނަވަނީ ކަމަށް ވިދާޅުވެ އެންމެން އެ ސަރަޙައްދަށް ދިޔުމަށް އަންގަވާ އެއްވެސް މީހަކު ފަހަތަށް ނުޖެހެން އިރުޝާދު ދެއްވާ މިއަދު ގެ އަށް ވަންނާނީ ވެރިކަން ވައްޓާލާފައި ކަމަށް ވިދާޅުވުމަށްފަހު ގޮސް އޮންނެވީ ފިލާ ކަމަށެވެ. އެއާއިއެކު އޭނާގެ ޓްވީޓްގައި ވަނީ ”ޕޮލިޓިކަލް ޕްރޮސްޓިޓިއުޓް“ ހޭޝްޓެގް ބޭނުންކުރައްވާ އިމްރާން އަކީ ސިޔާސީ ހަށި ވިއްކާ މީހެއްގޮތުގައި ސިފަކުރައްވާފައެވެ.
ލަވަކިޔާ އަލީ މެން ދެއަތައް އެނބުރޭ ބުރުމާމެންނަކައް އިމްރާން އެކޭ އެއްފަދައިން އަނގައެއް ނުހުޅުވޭނެ.. މިއުޒިކް ކުޅެ ލަވަކިޔާ އަލީމެން، އިމްރާންމެން، އިޔާޒުމެން، ޒައިދުމެން މިއީ ހައްތަހާވެސް ސިޔާސީ މީހުން.. މި ބައިގަނޑަކީ ދީނީ މީހުންނެއް ނޫން.. މި ބައިގަނޑު ޓުވީޓް އެއް ކޮއްދެނީ ވަކި އަގަކައް.. ޑިމާންޑު ބޮޑުކުރަން ބޮޑާ ހާކާލާއިރައް އަގު އަރާ ދެގުނައައްވެސް..،، ރައްޔިތުންނައް އިނގޭ ތިޔައިގެތެރެއިން އެއްވެސް މީހަކީ އެއްވެސް އިޙްލާސްތެރިކަމެއްނެތް ވިޔަފާރި އުސޫލުން މަސަތްކަތް ކުރާ ގްރޫޕެއްކަން…