ވިޔަފާރި

ރޯސްޓާ ބްރޫގެ ދިވެހި ކެއުމުގެ ރަހަގަނޑު އަނގަޔަށް ވިރެނީ!

މާލެތެރޭގައި ”ދިވެހިކޮށް“ ކާލަން ލިބޭ ކިތަންމެ ގިނަ ތަނެއް ހުއްޓަކަސް ލޮނުޒިޔާރަތް ކޮޅަށް ދުއްވާފައިގޮސް ގ.ހޭޅިގޭ މައްޗައް އަރައި އިށީނދެވޭނީ ރޯސްޓާބްރޫގެ ހިތްގައިމު މާހައުލުގައެވެ.

ދެން ލޮލުގައި އަޅައިގަންނާނީ އެތަނުގެ މެނޫން ލިބެން ހުންނަ ކާއެއްޗެއްސެވެ. އެއާއެކު އުތުރިއަރައިގެންދާނީ ބަދިގެއިން ނިކުމެގެން އައިސް ނޭފަތުގައި ޖެހޭ ދިވެހި ވަަހެވެ. ދެނެއް ހުރެވޭ ވަރެއް ނުވެއެވެ. ކާންފަށައިފިއްޔާ ހުއްޓޭވަރެއް ނުވެއެވެ. ދިވެހި ރަހަގަނޑުގެ މީރުކަމާ އޮލަކަމުގެ ސަބަބުންނެވެ.

ރޯސްޓާ ބްރޫގެ ބަދިގެއިންނާއި، ސުފުރާމަތިން ބޮޑެތި ގެރިބަކަރިތަކާއި، ކުކުޅާއި، ބޯވަތަކާއި، ކަންނެލި ގޮދާތައް ފުމެމުން ދާއިރު، އެތަކެތީގައި ހަވާދުލައި، ހަނާކޮށް، ފިހައި، ތެލުލައި، ހެދެން އޮތް އެއްޗެއް ހަދަމުންދާއިރު، ހުރިހާ ރަހައެއް ހެޔޮވަރުކޮށް ހުރުމުގެ އަސްލަކީ ދަނޑިބުރި ހިފައިގެން ބަދިގޭގައި ސަރުދާރު ހުރުންބާއޭ ހިތަށް އަރާހާވެސް މީރެވެ.

ފަރާޓާ، ބަޓަރު ނާން، ގާލިކް ނާން، ޗީޒް ނާން، ޕްލޭން ނާން އަދި ސިނާނާއި އަނާނުވެސް ބޭނުމިއްޔާ ނުލިބިގެން އުޅޭ ކަށް ނުޖެހެ އެވެ.
ސަޓަންޏޭ ބުނާކަށް ދެލޯފުޅާ ފިޔާ ސަޓަންޏާއި، ފަތު ސަޓަންޏާއި، ފިހުނުމަހާއި، އަސާރަތަކާއި، ލޮނުމިރުހުން ކެއުމުގެ ރަހަ އިތުރަށް ފުރިހަމަ ކޮށްދެއެވެ. އިހަކަށްދުވަހު ދޮން އައްޔަވެސް އެތަނަށް ގޮސްފައި ބުނީ މުސައްމާ ރިހަޔާއި، ހަނާކުރި މަހާއި، ފަރާޓާ ކައިގެން ތަނުން ހިރިނުލެވި ހުރި ވާހަކައެވެ.
ހަވީރުގެ ސަޔާއި ދިވެހި ބަދިގެއިން ހަދާ ހެދިކާގެ ވާހަކަ ދައްކަންވެއްޖެއްޔާ އަސުރުން ފައިބައިގެން ދުމެއްޖަހާފައި ގޮސް ބުނެގެން ނޫނިއްޔާ ލައްވާނުލާހާ ޑިމާންޑު ބޮޑެވެ.
ކޮންމެއަކަސް ކަނަމަދު ކޭކާއި، ގުލާބުޖާމުންވެސް އެތަނުގެ ރަހައިގެ ވާހަކަ ނުދައްކާ ދޫކޮށްލެވޭކަށް ނެތެވެ.
ދެން މިހެން ބުންޏަކަސް ދާނީއެއް ނޫނެވެ. ދަންޏާ ދާންވީ ދިވެހިކޮށް ކާލަންށެވެ. އެކަމަކު އިނގިރޭސިކޮށް ނުކެވޭހާ ފީކަޅާ ތަނަކަށްވުރެ އެވެރިންގެ ބަދިގެ މާ ހުށިއާރެވެ.

އޭ! އަދި ޑެލިވަރީވެސް ކޮށްދެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button