![](https://bonthinews.com/wp-content/uploads/2022/08/photo_2022-02-01_16-02-03.jpg)
އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ނޫސްވެރިންނާ ބައްދަލު ކުރައްވަން ނިންމަވަފައިފިއެވެ.
ރައީސް ޔާމީން ނޫސްވެރިންނާ ބައްދަލު ކުރައްވާނީ މާދަމާ ރޭ 20:30 ގައެވެ. މި ނޫސްވެރިންގެ ބައްދަލުވުމުން ޗެނަލް 13 އިން ލައިވް ކުރާނެއެވެ.
ޖަލުން މިނިވަންވެވަޑައިގަތުމަށްފަހު ރިޔާސީ ޓިކެޓް ލިބިވަޑައިގަތުމާ ހަމައަށް އެމަނިކުފާނު ނޫސްވެރިންނާ ބައްދަލު ނުކުރެއްވިޔަސް، ޗެނަލް 13 ގެ އިތުރުން ދިޔަރެސް އާއި ވޮއިސް ނޫހަށް ޔާމީން ވަނީ އިންޓަވިއު ދެއްވާފައެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ޓިކެޓް ރަސްމީކޮށް ރައީސް ޔާމީން އާއި ހަވާލު ކުރުމަށް މިމަހުގެ 19 ވަނަ ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ޖަލްސާއެއްވެސް ބޭއްވުމަށް އިދިކޮޅުން ވަނީ ނިންމާފައެވެ.