ޚަބަރު

ލިވާތު ކުރި ތިން މީހެއްގެ މައްސަލަ ޕީޖީ އަށް!

ގިނަ އަދަދެއްގެ ބަޔަކާއި އެކު އެއްޖިންސުން ގުޅުން ހިންގައިފައިވާ އަލަމްގިރް ކައިރިޔަށް ވަދެފައިވާ ކަމަށް ބުނާ، މިވަގުތު ފުލުހުން ގެ ހައްޔަރުގައި ތިބި ތިން މީހެއްގެ މައްޗަށް ދައުވާ ކޮށް ދިނުމަށް ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވައިފިއެވެ.

އެ މައްސަލާގައި ފުލުހުން ޕީޖީއަށް ފޮނުވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދު (ކާނަލް) އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތް ކުރި އަބްދުއްރަހްމާން ރަފީއުގެ މައްސަލައެވެ.

ޕީޖީ އޮފީހުން އެމައްސަލާގައި އަމަލު ކުރާނެ ގޮތުގެ ތަފްސީލެއް އަދި ހާމަ ކޮށްފައެއް ނުވެއެވެ.

އަލަމްގިރް އެކި މީހުންނާއި އެކު އެއްޖިއްސުން ގުޅުން ހިންގާ ވީޑިއޯ ތަކެއް އާންމުވާން ފެށީ މިފަހުންނެވެ. ފުލުހުން މިހާތަނަށް ބެލި ބެލުމުގައި 250އަށް ވުރެން ގިނަމީހުންނާއި އެކު އަލްމްގިރް ވަނީ އެއްޖިންސުން ގުޅުން ހިންގާފައެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button