
ގިނަ އަދަދެއްގެ ގެރިތަކެއް ރޭޕު ކުރި މީހަކު ފުލުހުން އަތުލައިގެންފިއެވެ.
މި ހާދިސާ ހިނގާފައިވަނީ އިންޑިއާގެ ބެންގަލޫރުގައި މިއަދުގެ ވަގުތެއްގައެވެ.
ކަރްނަޓަކާ ފުލުހުންނާ ހަވާލާދީ އިންޑިއާގެ ނޫހެއްގައި ރިޕޯޓުކޮށްފައިވާގޮތުން ގެރިތައް ރޭޕު ކުރީ 34 އަހަރުގެ މަންޖުނަތު ނަމަކަށް ކިޔާ ފިރިހެނެކެވެ. އަދި ޗަންދުރާ ލޭއައުޓް ފޮލިސް ސްޓޭޝަނަށް އެ މައްސަލަ ރިޕޯޓު ކުރީ މަންޖުނަތު ގެރިތަކެއް ރޭޕު ކުރަމުންދިޔަ މަންޒަރު ދުށް އޭނާގެ ރައްޓެއްސެކެވެ.
ފުލުހުންގެ ތަހުގީގުން އެނގުނުގޮތުގައި މަންޖުތަނަކީ ލިވާތު ކުރުމަށް ދެވި ހިފާފައި ހުންނަ މީހަކެވެ. އަދި އޭނާގެ ވިލެޖުގައު އުޅޭ ގެރިތައް އެކަހެރި ތަންތަނަށް ގެންގޮސް އެ ގެރިތައް ރޭޕު ކުރާ ކަމަށްވެއެވެ.
Lol