ޚަބަރުސިޔާސީ

45 ދުވަހަށް ފަހު މުހައްމަދު ދޫކޮށްލައިފި

45 ދުވަހު ބަންދުގައި ބޭއްވުމަށްފަހު ޕީޕީއެމްގެ އެކްޝަން ޑިޕާޓުމެންޓްގެ ޗެއަރ އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ދާދި ދެންމެއަކު ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.

މުހައްމަދު ހައްޔަރުކުރީ ޖޫން 21 ގައި ސަރުކާރާއި އިންޑިއާއިން ގުޅިގެން ގަލޮޅު ދަނޑުގައި ކުރިޔަށް ގެންދިޔަ ޔޯގާ ހަރަކާތަށް ބަޔަކު ހުރަސްއަޅައި ހަމަނުޖެހުން ހިންގި މައްސަލަ ރާވާ ހިންގި ކަމުގެ ތުހުމަތުގައެވެ.

އޭނާގެ ބަންދަށް ފުރަތަމަ ޖެހީ 5 ދުވަހެވެ. އެއަށްފަހު 9 ދުވަސް ޖެހުމަށްފަހު 1 ދުވަސް ޖެހިއެވެ. މުހައްމަދުގެ ބަންދަށް އެންމެ ފަހުން ޖެހީ 30 ދުވަހެވެ.

މުހައްމަދުގެ ގާނޫނީ ވަކީލު އަލީ ޝާހު ”ބޮންތި“ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިގޮތުގައި މުހައްމަދު ދޫކޮށްލީ ބަންދުގައި ބަހައްޓަންޖެހޭވަރުގެ ހެއްކެއް ނެތުމުންނެވެ. އަދި ކޯޓުން އޭނާ ދޫކޮށްލީ 3 ޝަރުތެއް ކޮށްފައިކަން ޝާހު ފާހަގަކުރެއްވިއެވެ. އެއީ ރަށުން ބޭރަށް ދާނަމަ، ހުއްދަ ހޯދުމާއި، އެޑްރެސް އަދި ފޯނު ނަންބަރު ބަދަލުވާނަމަ އެކަން އެންގުމެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން ޝެއިޚް އާދަމް ނިޝާންގެ އިތުރުން ގިނަ އަދަދެއްގެ ބަޔަކު އަދިވެސް ތިބި ބަންދުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button