ޚަބަރުސިޔާސީ

އިއްޔެވެސް މުހައްމަދު އިސްމާއިލް ފުލުހަށް ގެންގޮސްފި

ޕީޕީއެމްގެ އެކްޝަން ޑިޕާޓުމެންޓުގެ ޗެއަރ އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް އިއްޔެވެސް ފުލުހަށް ހާޒިރުކޮށްފިއެވެ.

މުހައްމަދު އެންމެ ފަހުން ފުލުހަށް ހާޒިރު ކުރީ މިމަހުގެ 23 ވަނަ ދުވަހުގައެވެ. އޭނާ ފުލުހަށް ހާޒިރުކުރީ ޖޫން 21 ގައި ގަލޮޅު ދަނޑުގައި ހިނގައިދިޔަ ޔޯގާ ހަމަނުޖެހުމުގެ މައްސަލައިގައެވެ. މީގެ ކުރިން އޭނާ ވަނީ އެ މައްސަލައިގައި 45 ދުވަސް ވަންދެން ބަންދުކޮށްފައެވެ. 23 ވަނަ ދުވަހު މުހައްމަދު ހާޒިރުކުރީ އޭނާގެ ފޯނާ ގުޅޭގޮތުން އިތުރު ބަޔާނެއް ނެގުމަށް ކަމަށްވާއިރު އިއްޔެވެސް ކުރިޔަށް ގެންގޮސްފައިވަނީ އެއާ ގުޅުން ހުރި ކަންކަމެވެ.

“ބޮންތި” އަށް މައުލޫމާތު ދެއްވަމުން މުހައްމަދު ވަނީ އޭނާގެ މައްޗަށް ކުރާ ތަހުގީގަކީ އެއްވެސް އަސާސެއް ނެތް ސިޔާސީ ތަހުގީގެއް ކަން ފާހަގަކުރައްވާފައެވެ.

“އަޅުުގަނޑެއް ނޯންނާނެ ހަމަނުޖެހުމެއްގަ ބައިވެރިވެސް ވެފަ. އެކަހަލަ ކަމެއް ރާވާ ހިންގާފަވެސް.” މުހައްމަދު ވިދާޅުވިއެވެ.

ޖޫން 21 ވަނަ ދުވަހުގެ ހެދުނު ސަރުކާރާއި އިންޑިއާގެ އިސްވެރިންތަކެއް ގަލޮޅު ދަނޑު ތެރޭގައި ޔޯގާ ހަދަން ތިއްބައި ހިނގައިދިޔަ ހަމަނުޖެހުން ރާވާ ހިންގި ކަމުގެ ތުހުމަތުގައި ޝެއިޚް ނިޝާންގެ އިތުރުން ޝެއިޚް ފަޟްލޫން ބިން މުހައްމަދުވެސް ބަންދު ކުރުމަށްފަހު ޝަރުތުތަކަކާއެކު ދޫކޮށްފައިވެއެވެ. އެ ދޭބުފުޅުންގެ އިތުރުންވެސް ގިނަ އަދަދެއްގެ ބަޔަކު ދިގު މުއްދަތަކަށް ބަންދުކުރިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button