ޚަބަރުސިޔާސީ

ހަތަރު ގަނޑު ފޯޓޯއިން ފޯކަސް ބަދަލު ކުރަން އުޅުނަސް ރައީސް ޔާމީން ބަންދެއް ނުކުރެވޭނެ: ޚާލިދު

ހަތަރު ގަނޑު ފޯޓޯއިން ފޯކަސް ބަދަލު ކުރަން އުޅުނަސް ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުގައި ބަންދު ނުކުރެވޭނެ ކަމުގައި އެޕާޓީގެ ސެނެޓަރ ޚާލިދު އަބްދުﷲ އަލީ ވިދާޅުވެއްޖެއެވެ.

ޚާލިދު މިފަދައިން ވިދާޅުވީ އެނާ ކުރެއްވި ޓުވީޓެއްގައެވެ. އޭނާ ފާހަގަކުރެއްވިގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަންގެ 4 އަހަރު ފާއިތުވެފައިވާ ވެރިކަމާއި، މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ އަތްޕުޅުގައި އޮތް ކަމަށް އެމަނިކުފާނު ވިދާޅުވާ ރައީސް ސޯލިހު ޒިނޭ ކުރާ މަންޒަރު ފެންނަ 4 ގަނޑު ފޮޓޯގެ އިތުރުން މި ސަރުކާރުގައި ހަދަން ނިންމި ތިލަމާލެ ބުރިޖުގެ ބިންގާ އިންޑިއާގަ އެޅުމަކީ ހިޔާލީ ފޮލާއެކެވެ.

ޚާލިދު ވިދާޅުވީ އެކަންކަން ފެންމަތިވެގެން އުޅެނީ ރައްޔިތުންގެ ފޯކަސް ބަދަލުކޮށްގެން ރައީސް ޔާމީން ޖަލަށް ލުމަށެވެ.

”މިއީ ފޯކަސް ބަދަލުކޮށްގެން އިދިކޮޅު ލީޑަރު ޖަލަށް ލެވޭތޯ ދުއްވާ ބިސް މަޅިއެއް.“ ޚާލިދު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ނަންފުޅު 2023 ގެ ވޯޓު ކަރުދާހުގައި އޮންނާނެ ކަން ފާހަގަކުރައްވައި ޚާލިދު ވިދާޅުވީ ސަރުކާރުން ފޯކަސް ބަދަލުކޮށްގެން ކުރާ ކަންކަން ކާމިޔާބު ނުވާނެކަމުގައެވެ.

ރައީސް ޔާމީންގެ 5 އަހަރަށް ޖަލަށް ލުމަށް ކުރި ހުކުމުން އެމަނިކުފާނު ސަލާމަތްވެވަޑައިގެން ހުންނަވަނިކޮށް، އަނެއްކާވެސް އިތުރު މައްސަލައެއްގެ ޝަރީއަތެއް ދަނީ ކުރަމުންނެވެ. އެއީ ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ. މި މައްސަލައިގައިވެސް ދައުލަތުން ވަނީ މައްސަލައާ ގުޅުން ނެތް ހެކިންގެ ހެކިބަސް ހުށަހަޅާފައެވެ. އަދި ޝަރީއަތުންވެސް ވަނީ އެފަދަ ހެކިން ބަލައިގެންފައެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button