ޚަބަރު
މާލޭގައި އަންހެނަކު މަރާލައިފި
މާލޭގައި އަނިޔާވެރިގޮތަކަށް އަންހެނަކު މަރާލާފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ދާދި ދެންމެއެކު ބުނީ ޒަހަމްތަކަކާއެކު އަންހެނަކު މަރާލާފައި އޮތް ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމުގައެވެ. އަދި ސީންގެ ތެރެއިން ތުހުމަތު ކުރެވޭ ދިވެހި ފިރިހެނަކު ފުލުހުންގެ ބަލުމުގެ ދަށަށް ގެނެވިފައިވާކަމުގައެވެ.
އަންހެން މީހާ މަރާލާފައި އޮއްވައި ފެނުނީ ހެންވޭރު ޗީބޯ ރެސްޓޯރެންޓު ހުންނަ ގޯޅި ތެރޭގައި ހުންނަ ގެެއަކުންނެވެ. އެނގިފައިވާގޮތުގައި އަންހެން މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައެވެ.
ބައެއް މީޑިއާތަކުން ރިޕޯޓު ކުރިގޮތުގައި އަންހެން މީހާގެ ކަރު ވަނީ ބުރިކޮށްލާފައެވެ. ފުލުހުންގެ ފޮރެންސިކް ޓީމެއް މިވަގުތު އަންހެން މީހާ މަރާލި ގޭގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
މިކަމާގުޅޭ އިތުރު މައުލޫމާތު ”ބޮންތި“ އިން ގެނެސްދެވޭނެއެވެ.