ޚަބަރު

މަރާލުމަށްފަހު ހަށިގަނޑު ގެއްލުވާލަން އުޅުނު ކަމަށް ބެލެވޭ

ހ.ޝީރީން ވިލާގެ 9 ވަނަ ފަންގިފިލާގައި މަރާލާފައި އޮއްވާ ރޭ ފެނުނު ފުވައްމުލައް ސިޓީ، މާލެގަން, ކުރި, ޝިއާއު މުހައްމަދު ސައީދު، 22 ގެ ގާތިލް ކަމަށް ފުލުހުން ތުހުމަތު ކުރާ ފ.ނިލަންދޫ ފިނިފެންމާގެ، އަލީ ޝާހިލް، 23 މަސައްކަތް ކޮށްފައިވަނީ ޝިއާއުގެ ހަށިގަނޑު ގެއްލުވާލަންކަން ”ބޮންތި“ އަށް އެނގިއްޖެއެވެ.

އިތުބާރު ހުރި މަސްދަރަކުން ”ބޮންތި“ އަށް ކަށަވަރުވެފައިވާ ގޮތުގައި ޝިއާއުގެ ކަރާއި އަތް ފައި ވަނީ ބުރިކޮށްލާފައެވެ. ޝިއާއުގެ ހަށިގަނޑު އޮތް އެޕާޓުމެންޓުގެ ތެރެއިން ދެ ބޮޑީ ބޭގު ފުލުހުން ވަނީ އެންބިއުލާންސަށް އަރުވާފައެވެ. ޝިއާއު އަކީ ބަރިސްޓާއެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ އަދި މިއުޒިކްގެ ދާއިރާގައި ހަރަކާތްތެރިވާ ޒުވާނެއް ކަމަށް މައުލޫމާތު ލިބެއެވެ.

ސީދާ ވީގޮތް ސާފު ނުވިނަމަވެސް ދެމީހަކު ޒުވާބުކޮށް، ހަޅޭލެވި އަޑު، ބަޔަކަށް އިވުނުކަމަށް މައުލޫމާތު ލިބެއެވެ. ހާދިސާ ހިނގާފައިވާކަމަށް ބެލެވެނީ ރޭ 22:30 އެހާކަންހާއިރެވެ. އަދި ފުލުހުން ޝިއާއުގެ ހަށިގަނޑު ނެރުނީ ރޭ ދަންވަރު 2:30 އެހާކަންހާއިރެވެ.

ޝިއާއު މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޝާހިލް

ސްކޭޓް ކުރުމުން ސަމާލުކަން ހޯދާފައިވާ ޝާހިލް ހައްޔަރު ކުރީ ސީންގެ ތެރެއިން ކަމަށްވާއިރު، އޭނާ ހައްޔަރުކޮށްގެން ގެންދިޔައީ ހަޒްމަޓް ސޫޓެއް ލައްވައިގެން ފުލުހުންގެ ކާރެއްގައެވެ. ޝިއާއުގެ ހަށިގަނޑު އޮތީވެސް ޝާހިލް ދިރިއުޅޭ އެޕާޓްމެންޓުގައެވެ. އަދި އޭނާގެ މުޅި ގައި ލެއިން ތަތްތެޅިފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.

”ބޮންތި“ އަށް އެނގިފައިވާގޮތުގައި ޝާހިލްގެ މަންމަ އަކީ މަރާލި ޝިއާއު ނިސްބަތްވާ ރަށް ކަމުގައިވާ ފުވައްމުލައް ސިޓީގެ މީހެކެވެ. އެ ދެމީހުން އުޅެނީ ކައިވެނި ކޮށްގެން ކަމެއް ނުވަތަ ލޯބީގެ ގޮތުން ގުޅިގެން ކަމެއްވެސް ފުލުހުން ކަށަވަރެއް ނުކޮށްދެއެވެ. އެކަމަކު ޝާހިލް ދަންނަ މީހަކާ ހަވާލާދީ ”ބޮންތި“ އަށް މައުލޫމާތު ދިން މީހަކު ބުނީ ޝާހިލް އާއި ޝިއާއު ކައިވެނި ނުކުރާ ކަމަށާއި، އެ ދެމީހުން އަބަދުވެސް އެއްކޮށް އުޅޭ ކަމުގައެވެ.

މި މައްސަލައިގެ އިތުރު މައުލޫމާތު ހިއްސާ ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

 

One Comment

  1. އިތުބާާރު ހުރި ގޮތަކަށް އެންމެނަށް ވެސް އެނގޭ ހަށިގަނޑު ބުރިބުރި ކުރާނީ ގެއްލުވާލެވޭތޯކަން. ދެންމާ މުހިންމު ވާން ލިޔާ ގޮތެއްދޯ؟

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button