ޝިއުނާގެ އެކްސިޑެންޓް: އަދިވެސް ނުހިނގޭ، އިތުރު ފަރުވާއަށް ބޭރަށް!
25 ޖުލައި ވީ ހޯމަ ދުވަހުގެ މެންދުރު 12:15 އެހާކަންހާއިރު، ފަހަތުން އައިސް އޯވަޓޭކް ކުރި ޓެކްސީއެއްގައި މާލެ ސިޓީ ކައުންސިލްގެ ތަރުޖަމާނު އަދި ނޫސްވެރިޔާ މަރިޔަމް ޝިއުނާ (ނަންނަ) ދުއްވަމުން ދިޔަ ސައިކަލު ޖެހި، ހިނގި އެކްސިޑެންޓުގެ ސަބަބުން އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ޝިއުނާ ގެންދިދިއުމަށް އާއިލާއިން ނިންމައިފިއެވެ.
އެކްސިޑެންޓުގައި އަނިޔާވުމުގެ ސަބަބުން ޝިއުނާގެ މައި ބަދައިގެ ދެ ތަނެއްގައި ވަނީ ރެނދުލާފައެވެ. މި ހާދިސާ ހިނގިތާ 5 ދުވަސް ފަހުން މިއަދު ފުލުހުން ވަނީ ޝިއުނާ އެޑްމިޓް ކޮށްފައިވާ ޓްރީ ޓޮޕް ހޮސްޕިޓަލަށް ގޮސްފައެވެ.
ހޮސްޕިޓަލަށް ދިޔަ ފުލުހުންނާ ހަވާލާދީ ޝިއުނާ ”ބޮންތި“ އަށް ވިދާޅުވީ އެކްސިޑެންޓް ހިނގި ވީޑިއޯ ސީސީޓީވީ ކެމެރާގެ ފުޓޭޖުން ހޯދިފައިވާ ކަމަށާއި، ޓެކްސީ ދުއްވަން ހުރި މީހާގެ ބަޔާނެއް ނަގާނެ ކަމުގައެވެ.
”އެތަނަށް އެޓެންޑުވި ފުލުހަކީ އެއްކަލަ ޗެކްޕޯސްޓުގައި ހުރި ފުލުސް މީހާ. އޭނައޯ އެތާ ހުރެފަ ފަހުން އައި ސީންއަށް. އޭނާ އައިސްފަ ޓެކްސީ ދުއްވި މީހާ ފޮނުވާލީ.“ ޝިއުނާ ވިދާޅުވިއެވެ.
ފުލުހުން ޓެކްސީ ޑްރައިވަރަށް ގުޅިކަން ފާހަގަކުރައްވައި ޝިއުނާ ވިދާޅުވީ ޓެކްސީ ޑްރައިވަރު ބަދަލެއް ބޭނުންތޯ ފުލުހުން ސުވާލު ކުރުމުން އެއްވެސް ބަދަލެއް ބޭނުން ނުވާކަމަށް ބުނެފައިވާ ކަމުގައެވެ.
”އޭނަ ހަމްބުލް ކަމުން ބަދަލެއް ބޭނުން ނުވިޔަސް އަޅުގަނޑު ބުނިން އިންސާނިއްޔަތު ކަމެއް ހުރި ނަމަ، ބަދަލު ބޭނުން ނުވާތަނުގަ އަނިޔާވި މީހާއަށް ވީ ގޮތެއް ބަލާލުން ރަނގަޅު ދެއްތޯ.“ ޝިއުނާ ވިދާޅުވިއެވެ.
ހާދިސާ ހިނގާފައިވާ ގޮތް ކިޔާލުމަށް
މި މައްސަލައިގައި ވަށައިގެން ހުރި ކަންކަން ފުލުހުން ބަލަމުންދާއިރު، ޓެކްސީ ޑްރައިވަރު އެތަނުން ފޮނުވާލުމުގައި އެ ސަރަހައްދުގެ ސެކިއުރިޓީ ޕޯސްޓުގައި ހުރި ފުލުސް މީހާ އަމަލު ކޮށްފައިވަނީ ޕްރޮފެޝަނަލްކޮށް ތޯވެސް ބެލުމަށް ފުލުހުން ނިންމާފައިވާކަން ޝިއުނާ ފާހަގަކުރެއްވިއެވެ.
ސީދާ ފުރާ ވަކި ތާރީހެއް ހާމަ ނުކުރެއްވި ނަމަވެސް ޝިއުނާ ވިދާޅުވީ ޑޮކްޓަރުންގެ ޓީމާ މިހާރު ވާހަކަ ދައްކަމުން ގެންދާ ކަމުގައެވެ.
mee den kaaku
Shiy thee boduvaru