ޚަބަރު

ޝިއުނާގެ އެކްސިޑެންޓް: ސައިކަލު ކުރިމައްޗަށް އެރި ކާރުވެސް ފޮނުވާލީ، މައްސަލަ ބަލާކަމެއް ނޭނގޭ

25 ޖުލައި ވީ ހޯމަ ދުވަހުގެ މެންދުރު 12:15 އެހާކަންހާއިރު، ފަހަތުން އައިސް އޯވަޓޭކް ކުރި ޓެކްސީއެއްގައި މާލެ ސިޓީ ކައުންސިލްގެ ތަރުޖަމާނު އަދި ނޫސްވެރިޔާ މަރިޔަމް ޝިއުނާ (ނަންނަ) ދުއްވަމުން ދިޔަ ސައިކަލު ޖެހި، ހިނގި އެކްސިޑެންޓުގެ މައުލޫމާތު ފުލުހުންގެ ފަރާތުން ލިބޭގޮތް ނުވިއެވެ.

މިހާދިސާ ހިނގައިދިޔަ ގޮތުގެ މައުލޫމާތު ޝިއުނާގެ އިތުރުން މަންޒަރު ދުށް މީހުން ”ބޮންތި“ އާއި ވަނީ ހިއްސާކޮށްފައެވެ. އެގޮތުން ޗައިނާ އެމްބަސީ ގޯޅިން ޝިއުނާ ނިކުތީ ބޮޑުތަކުރުފާނު މަގުން ހުޅުމާލެ ދިއުމަށް ބުރިޖަށް އެެރުމަށެވެ. އަދި ސައިކަލު ލޭނަށް އެރުމަށްފަހު ނިއުޕޯޓާ ވީކޮޅަށް ދުއްވާލިތަނާ ފަހަތުގައި އޮތް ކާރު، ކާރު ލޭނުގައި އޮތުމަށްފަހު އޯވާޓޭކު ކުރަން ސައިކަލު ލޭނަށް އެރިތަނުން ޝިއުނާ ދުއްވަން ހުރި ސައިކަލު ގޮސް ކާރުގެ ފަހަތުގައި ޖެހުނީއެވެ.

އެއީ ޕީޕީއެމް އޮފީސް ހުންނަ ސަރަހައްދަށް ވުމުން އެވަގުތު އެ ސަރަހައްދުގައި ތިބި މީހުން އެކްސިޑެންޓް ވި ޕޮއިންޓަށް މަޑު ކުރީއެވެ. އެވަގުތު އެ ސަރަހައްދުގައި ހުންނަ ޕޮލިސް ޕޯސްޓުގައި ޑިއުޓީއަށް ހުރި ފުލުސް މީހާވެސް ހުރީ ބަލަހައްޓައިގެންނެވެ. އެކްސިޑެންޓު ވުމާއެކު އާންމުން ޝިއުނާ ނަގައިގެން ޕީޕީއެމް އޮފީހަށް ވެއްދުމަށްފަހު ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ފެށިއެވެ.

އެކްސިޑެންޓް ހިނގި ވަގުތު ޕޮލިސް ޕޯސްޓުގައި ހުރި ފުލުސް މީހާ ބަލަހައްޓައިގެން

މަންޒަރު ދުށް މީހަކު ”ބޮންތި“ އަށް ކިޔައިދިންގޮތުގައި ފުލުހަކު އެ ސަރަހައްދަށް ގޮސް ވަގުތުން ޓެކްސީ އެތަނުން ފޮނުވާލިއެވެ. އަދި އެކްސިޑެންޓުގައި ކާރުގެ ފަހަތަށް ލިބުނު ގެއްލުމުގެ ޝަކުވާ ކޮށްފައިވާކަންވެސް އެނގޭކަށް ނެތެވެ. އަދި ޝިއުނާ އަށާއި ސައިކަލަށް ލިބިފައިވަނީ ކިހާވަރެއްގެ ގެލުމެއްތޯވެސް ބެލިފައެއް ނުވެއެވެ. އެކްސިޑެންޓު ތަކުގައި ފުލުހުން އާންމުކޮށް އަމަލު ކުރަން އޮންނަ އުސޫލަކީ ހާދިސާ ހިނގާފައިވާ ގޮތް ބަލައި ނަގަންޖެހޭ ބަޔާންތައް ނެގުމެވެ. އެކަމަކު އޭގެ އެއްވެސް ކަމެއް ކޮށްފައެއް ނުވެއެވެ.

ޝިއުނާގެ ސައިކަލުގައި ފަހަތުން ޖެހި އެކްސިޑެންޓުވި ސިޓީ ކެބްގެ ޓެކްސީ

މި އެކްސިޑެންޓުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމުގެ ސަބަބުންނާއި އަދި އިތުރު މައުލޫމާތު ހޯދުމަށް ”ބޮންތި“ އިން ފުލުހުންނާ އިއްޔެ އިން ފެށިގެން ސުވާލު ކުރުމުންވެސް ޖަވާބެއް ނުދެއެވެ.

ޝިއުނާއަށް އެކިވަރުގެ އަނިޔާ، މައި ބަދަ ހަލާކުވުމުގެ ސަބަބުން ނުހިނގޭ

އެކްސިޑެންޓު ވުމުން ޝިއުނާ ފުރަތަމަ އެޑްމިޓް ކުރީ ހުޅުމާލެ ހޮސްޕިޓަލުގައެވެ. އެކަމަކު އިތުރު ފަރުވާ ދިނުމަށް އޭނާ މިހާރު ވަނީ ޓްރީ ޓޮޕަށް ބަދަލުކޮށްފައެވެ. އެކްސިޑެންޓާ ގުޅިގެން ލިބުނު އަނިޔާތަކުގެ މައުލޫމާތު ”ބޮންތި“ އާއި ހިއްސާ ކުރައްވަމުން ޝިއުނާ ވިދާޅުވީ އުނގަނޑުގައި ފެރްކްޗަރ ހުރުމުގެ ސަބަބުން ނުހިނގޭ ކަމުގައެވެ.

”އިތުރު ޓެސްޓްތައް އަދިވެސް ދަނީ ހަދަމުން. ނުއެއް ހިނގޭ. ހިނގޭނެ ދުވަހެއްވެސް ނޭނގޭ. ޝިއުނާ ވިދާޅުވިއެވެ.

މައްސަލަ ފުލުހުންނަށް ހުށަހެޅިންތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ ރަސްމީކޮށްވެސް ނުރަސްމީކޮށްވެސް ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށާއި، މިއަދާ ހަމައަށް އައި އިރުވެސް ހޮސްޕިޓަލަށް ފުލުހުން ނުދާ ކަމުގައެވެ. އަދި ފޯނުން ނުވަތަ އޮންލައިންކޮށްވެސް ހާދިސާ ހިނގި ގޮތުގެ މައުލޫމާތު ފުލުހުން ނަގާފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

”މިއޮތީ އަޅުގަނޑު އޮތް ހާލު. ކާރެއް އޯވަޓޭކް ކޮށްފަ އައިސް ކުރިމައްޗަށް އެރީމަ އަޅުގަނޑަށްވެސް ލިބުނީ ޝޮކެއް. އެކަމަކު އެއީއެއް ނޫން މައްސަލައަކީ. މައްސަލައަކީ ފުލުހުން އަޅާނުލީމަ.“ ޝިއުނާ ވިދާޅުވިއެވެ.

އޭނާ ފާހަގަކުރެއްވިގޮތުގައި ފުލުހުން އެ މައްސަލައިގެ ކަން ހިނގައިދިޔަ ގޮތް އިންސަފުވެރިކަމާއެކު ބެލުމަކީ ހާދިސާގެ ހަގީގަތް ދެނެގަތުމަށް ވަރަށް މުހިންމު ކަމެކެވެ.

3 Comments

  1. PPM Mee he tho shiuna akee ehen kamah vaa nama police alah eh nulaa ne emeehun e ee rayyi thun nah khidumiy dheyn thibi ba eh noon vaki bayaka khidhu maiy dhey nee mi othee vaa saru kaa re

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button