2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ޕީޕީއެމް/ޕީއެންސީގެ ޓިކެޓު އިދިކޮޅު ލީޑަރު ރައީސް ޔާމީން އަބްދުލް ޤައްޔޫމަށް ދިނުމަށް އެ ދެޕާޓީގެ ޖޮއިންޓް ކައުންސިލުން ނިންމައިފިއެވެ.
2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ޕީ.ޕީ.އެމް/ޕީއެން.ސީގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދިނުމަށް ޕީ.ޕީ.އެމް/ޕީ.އެން.ސީގެ ޖޮއިންޓް ކައުންސިލުން ނިންމާ، ރައީސް ޔާމީން އެކަން ގަބޫލުފުޅު ކުރައްވައިފި.
މަރުޙަބާ! @prz_ymn pic.twitter.com/eGewzQLste— Progressive Party of Maldives (@ProgressPartyMV) July 31, 2022
ރޭ ބޭއްވި ޕީޕީއެމް/ޕީއެންސީ ގެ ޖޮއިންޓް ކައުންސިލް ބައްދަލުވުމުގައި ރައީސް ޔާމީން އަށް ރިޔާސީ ޓިކެޓު ދިނުމަށް ނިންމާފައި ވަނީ ކައުންސިލްގެ އިއްތިފާގުންނެވެ. އެއާއިއެކު އެމަނިކުފާނު ވަނީ އެކަން ގަބޫލު ކުރައްވާފައެވެ.
އެކަން ގަބޫލު ކުރައްވާ އެމަނިކުފާނު ވިދާޅުވީ ހަވާލު ކުރެވުނު ބުރަ މަސްއޫލިއްޔަތު އަދާކުރުންމަތީ ދެމި ހުންނަވާނެ ކަމަށެވެ.
”ތި ހަވާލުކުރެއްވި ބުރަ މަސްއޫލިއްޔަތު އަދާކުރުމުގަ ދެމި ހުންނާނަން“ ރައީސް ޔާމީން ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބު ކުޑަތަން ވަމުންދާއިރު ސަރުކާރުން ދަނީ ރައީސް ޔާމީންގެ މައްޗަށް ފުލުފުލުން ދައުވާތައް ކުރަމުންނެވެ. މިގޮތުން މިހާރުވެސް ދެ ދައުވާއެއް އެމަނިކުފާނުގެ މައްޗަށް އުފުލައި އިތުރު ދައުވާތަކެއްވެސް އުފުލޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
2019 ވަނަ އަހަރުވެސް ސަރުކާރުން ޝަރުއީ ނިޒާމަށް ފޯރުވި ނުފޫޒާއިއެކު ހިންގި ޝަރީއަތެއްގައި ރައީސް ޔާމީން 5 އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރެވުނެވެ. އެހެން ނަމަވެސް މިދިޔަ އަހަރު އެމަނިކުފާނުވަނީ ފުރިހަމަ މިނިވަނެއްގެ ގޮތުގައި ރާއްޖޭގެ އެންމެމަތީ ކޯޓު(ސުޕްރީމް ކޯޓުން) މިނިވަންކޮށްފައެވެ.
2023 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަން ރައީސް ޔާމީން އިޢުލާން ކުރެއްވުމާ ގުޅިގެން ”ބޮންތި“ އެމަނިކުފާނަށް މަރުޙަބާ ދަންނަވަމެވެ.