ޚަބަރު

ޔޯގާ މައްސަލައިގަ ހައްޔަރު ކުރި މީހާ އެމްއެންޕީއަށް ވެއްދީ ވަގަށް: އާއިލާ

ޔޯގާ މައްސަލައިގައި މިއަދު ހައްޔަރު ކުރި ދެމީހުންގެ ތެރެއިން ގ.އުފުރިޔާ މުހައްމަދު ފައިސަލް އެމްއެންޕީއަށް ވެއްދީ ވަގަށް ކަމުގައި އާއިލާއިން ބުނެފިއެވެ.

ފައިސަލްގެ ނަން އެމްއެންޕީގެ ދަފްތަރުގައި އޮތްކަން ”ބޮންތި“ އިން ރިޕޯޓު ކުރުމާގުޅިގެން އާއިލާއިން ވަނީ އެކަން ސާފުކޮށްދީފައެވެ. އެގޮތުން އާއިލާއިން ބުނީ ފައިސަލް އަކީ ދުވަހަކުވެސް ސިޔާސީ ޕާޓީއަކަށް ސޮއި ކުރި މީހެއް ނޫން ކަމަށާއި އެއްވެސް ސިޔާސީ ހަރަކާތެއްގައި މިހާތަނަށް ބައިވެރިވެފައިވާ މީހެއް ނޫންކަމުގައެވެ. އަދި ޔޯގާ ހަމަނުޖެހުމާ ގުޅުވައި ސަރުކާރުން ފައިސަލް ފްރޭމް ކުރުމަށް މަސައްކަތް ކުރަމުން އަންނަކަން އާއިލާއިން ފާހަގަކުރިއެވެ.

”ކަނޑައެޅިގެން ދޮގެއް. ފައިސަލް އެމްއެންޕީގަ އޮތިއްޔާ އެއީ އޭނާއަށް ވަގަށް ކޮށްފައި އޮތް ކަމެއް.“ އާއިލާއިން ބުންޏެވެ.

ފައިސަލް ހައްޔަރު ކުރީ މިއަދު 15:30 އެހާކަން ހާއިރެވެ. މިއަދު ހައްޔަރު ކުރި ދެވަނަ ފަރާތަކީ ހދ.ކުޅުދުއްފުށި ބަބޫގެ ހުސެއިން އަލީއެވެ. މިއާއެކު ޔޯގާ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ އަދަދު 15 ވަނީ އަރާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button