ޚަބަރުސިޔާސީ

ދީނުގަ ނެތް ކަންކަން ދީނުގެ ތެރެއަށް ވެއްދުމަކީ ކޮށްގެންވާނެ ކަމެއް ނޫން: އަމްރު

ދީނުގަ ނެތް ކަންކަން ދީނުގެ ތެރެއަށް ވެއްދުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އެސްޓިއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ކުރެއްވި ޓްވިޓެއްގައި ވިދާޅުވެއްޖެއެވެ.

މިޔަދު 104 އިލްމުވެރިން ސޮއިކުރައްވައި، “އިލްމުވެރިންގެ ގުޅުން“ އިން ނެރުނު ފަތުވާއަކާ ގުޅިގެން ގިނަ އަދަދެއްގެ ސަރުކާރުގެ ވެރިން އަދި އެމްޑީޕީގެ އިސްފަރާއްތަކުން އިލްމުވެރިންނަށް ރައްދުދެމުންދާ ދަޑިވަޅެއްގައި އަމްރު ވިދާޅުވީ ދީނުގަ ހަރާމް ނުވާ ކަންކަން ހަރާމްކުރުމަކީ ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމުގައެވެ.

”2 މީހަކު އެއްވެލާފަ ކަމެއް ހަރާމް ހަލާލް ކުރުމަކީ ދީނުގަ އެކަން އޮންނަގޮތެއް ނޫން. ދީނުގެ ކަންކަން ނިންމުމަށް ވަކި އުސޫލެއް އޮވޭ.“ އަމްރު ވިދާޅުވިއެވެ.

އަމުރު މިފަދައިން ވިދާޅުވުމާ ގުޅިގެން ރައްޔިތުންގެ ފަރާތުން ފާޑުކިޔުން އަމާޒުވުމުން އޭނާ ވަނީ އިތުރު ޓުވީޓެއް ކުރައްވާފައެވެ. އެގޮތުން އަމްރު ވިދާޅުވީ ދީނުގެ ކަންކަން ނިންމުމަށް އޮންނަ އުސޫލަކީ ޤުރުއާން, ރަސޫލާގެ ސުންނަތް އަދި އިލްމުވެރިންގެ އިޖްމާއުންނެވެ.

”އަމިއްލަ ނަފްސުގެ ރަައުޔުގެ މައްޗަށް ބިނާކޮށް އުސޫލުން ބޭރުން ކަންކަން ނިންމުމުން މުޖުތަމައުގެ މަސްލަހަތު ގެއްލިގެންދާނެ ކަމެއް.“ އަމްރު ވިދާޅުވިއެވެ.

ޔޯގާ މައްސަލައިގައި ސަރުކާރުގެ ވެރިން މިވަރަށް ބަސްބުނާއިރު ލިވާތުގެ ފާހިޝް އަމަލު ގައުމުގައި އާންމުވެފައިވާ މިދަނޑިވަޅުގައި އެއްވެސް ބަހެއް އެކަމަށް ބުނެފައި ނުވާކަން ފާހަގަވެއެވެ. އަދި އެކަމުގައި ސަރުކާރުގެ އެއްވެސް އިދާރާއަކުން މިވީހާތަނަށް އެއްވެސް އެކަމުގައި ޝާމިލްވާ މީހަކާ މެދު ފިޔަވަޅު އަޅާފައެއް ނުވެއެވެ.

3 Comments

  1. ކަލޭވެސްމިހާރުނުބެހޭކަށްވަކި ކަމެއްނެތް ދޯ
    އެހެންނުންވާނީ ދޯ މާލެއިންގޯތިގަނެގެންއުޅޭމަހުޖަނެއްވިއްޔާ ތިކަންވެސްބެލޭނެދުވަހެއްއަދިއަންނާނެ އިންޝާﷲ

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button