ޚަބަރު

ޝެއިޚް ފަޒްލޫނު ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފި!

ޖޫން 21 ގައި ޔޯގާ އާއި ދެކޮޅަށް ގަލޮޅު ދަނޑުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކޮށް، ދޫކޮށްލާފައިވާ ދީނީ އިލްމުވެރިޔާ އައްޝައިހް ފަޒްލޫން މުހައްމަދު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރުގެ އިސްތިއުފާނު ބަލައިގަންނަން ހައިކޯޓުން ނިންމައިފިއެވެ.

ޝެއިޚް ފަޒްލޫން ކޮށްފައިވާ ޓުވީޓެއްގައި ވަނީ، ޔޯގާ ހަމަނުޖެހުމާއި ގުޅިގެން އޭނާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލް ކުރުމަށް އެދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ހޯމް މިނިސްޓަރު އިމްރާންގެ އަމުރަށް ފުލުހުންގެ އެދުމުގެ މަތިން ޕްރޮސެކިއުޓަރ ޖެނެރަލްގެ (ޕީޖީ) އޮފީހުން ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ނިންމި ނިންމުން މުރާޖާކޮށް ހައިކޯޓުން އެ މައްސަލަ ބަލައިގެންފި ކަމަށެވެ.

ޝެއިހް ފަޒްލޫން ހައްޔަރުކުރެވިނީ ޔޯގާ ހަރަކާތް ހުއްޓުވާލުމުގެ ހަމަނުޖެހުން ރާވާ ހިންގިމަކުގެ ތުހުމަތުގައެވެ. އަދި އެބޭފުޅާގެ ބަންދުގެ މުއްދަތު ދެ ފަހަރެއްގެ މަތިން އިތުރުކޮށްފައިވާއިރު, ދޫކޮށްލާފައިމިވަނީ ޝަރުތު ތަކެއް ކުރުމަށް ފަހުއެވެ.

ޝެއިހް ފަޒްލޫނަށް ކޮށްފައިވާ ޝަރުތުތަކުގެ ތެރޭގައި؛

  • ތަހުގީގަށް އެއްބާރުލުންދިން
  • ބޭރު ގައުމަކަށް ދަތުރުކުރާނަމަ ލިޔުމުން ފުލުހުންނަށް އެކަން އެންގުން
  • އެޑްރެސް އަދި ފޯން ނަމްބަރު ބަދަލުކުރާނަ ފުލުހުންނަށް އެކަން އެންގުން

މި ތިން ޝަރުތުކޮށްފައި ވީނަމަވެސް ދޫކޮށްލިފަހުން އެކި ފަހަރު މަތިން ޝެއިހް ފަޒްލޫން ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައެވެ.

މިފަހުން ޔޯގާ ހަމަނުޖެހުމުގައި އިހުމާލުވި މީހުނަށް އަލުން ފިޔަވަޅު އަޅަން ރައީސް ސޯލިހު ވަނީ އަންގަވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button