އައު އަހަރު ފާހަގަކުރަން ދިވެހީންގެރާއްޖެގެ ނަމުގައި ސަރުކާރުން ބޭއްވުމަށް ހަމަޖެހިފައިވާ ފެސްޓިވަލްގެ ތަފްސީލް ޔޫތު މިނިސްޓަރ އިބްރާހިމް ވަހީދު (އަސްވާޑު) އިއުލާން ކުރައްވާފައިވާއިރު، އެ ފެސްޓިވަލް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދަން ފަށައިފިއެވެ.
ޒުވާން ހުނަރުވެރިންގެ ހަރަކާތްތަކާއި، ފަންނުވެރިންގެ މިއުޒިކް ޝޯއެއް ހިމެނޭ މި ފެސްޓިވަލްގައި ލޭޒާ ޝޯއެއް ފެނިގެންދާއިރު، ގިނަ ލޯކަލް އާޓިސްޓުންގެ ހުށަހެޅުން ތަކުގެ ތައްޔާރީތައް ކުރިއަށް ގެންދަން ވަނީ ފަށާފައެވެ.
ޔޫތު މިނިސްޓަރ އަސްވާޑު ވިދާޅުވެފައިވާގތުގައި 31 ވަނަ ދުވަހުގެ ހަވީރު އަހަރު ނިންމުމުގެ ގޮތުން ކުޑަކުދިންގެ އާއިލީ ހަވީރެއް އޮންނާނެއެވެ.
މި ފެސްޓިވަލަށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވަނީ ދައުވަތު އަރުވާފައެވެ.