ޚަބަރުސިޔާސީ

ގާޒީ ސްކޫލްގެ އިންޑިޔާ ޓީޗަރަކު ގެރިއަށް އަޅުކަން ކުރުމަށް ހިތްވަރުދީފި

ހުޅުމާލެ ގާޒީ ސްކޫލުގައި ފިޒިކްސް ކިޔަވަދޭ އިންޑިޔާގެ ޓީޗަރަކު، އެ ސްކޫލުގެ ގްރޭޑް 9 ގެ ދަރިވަރުންނަށް ގެރިޔަށް އަޅުކަން ކުރުމަށް ނަސޭހަތްދީ ވާހަކަ ދައްކައިފިއެވެ.

ބޮންތި އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އަމަލު ހިންގާފައިވަނީ އެ ސްކޫލުގެ އުޝާ ނަމަކަށް ކިޔާ ޓީޗަރެކެވެ. މިގޮތުން، ގެރިއަށް އަޅުކަން ކުރުމަކީ ވަރަށް ސަޅި އަދި ވަރަށް ކޫލް ކަމެއް ކަމަށް އޭނާ އެ ކުދިން ކައިރީ ބުނެފައިވާ ކަމާއި އޭނާ ޗުއްޓީ އަށްގޮސް ގެރިއަށް އަޅުކަން ކުރާ ގޮތާއި ކުރާ ތަން އެކުދިންނަށް ދައްކާފައިވާކަމަށްވެއެވެ.

މި ކަމަކީ މި ދިރާސީ އައު އަހަރު ފެށުނު  އިރުގައި ހިނގާފައިވާ ކަމެކެވެ. ޝެއިހް އާދަމް ނަސީމް ގެ ޕޯސްޓްގައި ބުނެފައިވަނީ މި މައުލޫމާތު އޭނާއާއި ހިއްސާކޮށްފައިވަނީ އާއިލާގެ މެމްބަރެއް ކަމަށެވެ.

އިތުރަށް ޕޯސްޓްގައިވަނީ އިންޑިޔާ މީހުންގެ ކަންތައްތައް އަތް ނުފޯރާ ފަށަށް ގޮސިއްކަމަށާއި އެ މީހުންނާއި ދެކޮޅަށް އެއްވެސް ފިޔަވަޅެއް ސަރުކާރުގެ ފަރާތުން ނޭޅޭ ކަމަށެވެ. އަދި އޭގެ ނަތީޖާ މިހާރު ފެންނަމުން ދާކަމެވެ.

2 Comments

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button