ޚަބަރު

ބިލު ނުދައްކައިގެން ކޮލަމާފުށީ އާރުޑީސީ ސައިޓުން ކަރަންޓު ކަނޑާލައިފި

ބިލު ނުދައްކައިގެން ގއ.ކޮލަމާފުށީގައި ހުންނަ ރޯޑް ޑިވެލޮޕް ކޯޕަރޭޝަން (އާރުޑީސީ) ގެ ސައިޓުން ކަރަންޓު ކަނޑާލައިފިއެވެ.

ފެނަކައިން އެތަނުގެ ކަރަންޓު ކަނޑާލީ ބިލު ނުދައްކާ ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން ކަމުގައި ”ބޮންތި“ އަށް ވަނީ އެނގިފައެވެ. އެކަމަކު އާރުޑީސީގެ މީޑިއާ އޮފިޝަލް އަހުމަދު ފައިރޫޒު ”ބޮންތި“ އާއި ވާހަކަ ދައްކަވަމުން ވިދާޅުވީ ސައިޓު އާރުޑީސީއަށް ލިބުނީ އޮކްޓޯބަރު މަހުގެ ތެރޭގައި ކަމުގައެވެ. އެހެން ކަމުން ކަރަންޓު ބިލު ނުދައްކައިގެން 3 މަސް ވެސް ނުވާ ކަމަށާއި، ޖެހިފައިވާ މައްސަލަ ޙައްލު ކުރުމަށްފަހު މިރޭ ގެ ވަގުތެއްގައި ކަރަންޓު ފޯރުކޮށްދެވޭނެ ކަން އޭނާ ފާހަގަ ކުރެއްވިއެވެ. އަދި އޮކްޓޯބަރު މަހުގެ ބިލު މިހާރު ދައްކާފައިވާނެ ކަމަށްވެސް ފައިރޫޒު ވިދާޅުވިއެވެ.

އެ ސަައިޓަކީ އެކޮމޮޑޭޝަން ބްލޮކެއް ކަމުން އެރަށުގެ މަސައްކަތްތަކުގައި ގޮސް އުޅޭ އާރުޑީސީ މުވައްޒަފުން ދިރިއުޅެނީ ސައިޓުގައެވެ.

ކޮލަމާފުށީ އާރުޑީސީގެ ސައިޓުން ކަރަންޓު ކަނޑާލިއިރު، އެ ރަށުގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ރަށު ކައުންސިލުން އެ ކުންފުންޏާއި ހަވާލު ކުރީ މި އަހަރުގެ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހުގައެވެ. އަދި އެފަހުން އަހަރެއް ވާން ކައިރިވެފައިވާއިރު ކާނުތައް ފެއްތުމުގެ މަސައްކަތް އަދިވެސް ނުނިމެއެވެ. އެ މަސައްކަތް ކުރުމަށް ތަޖުރިބާއެއް ނެތް އާދައިގެ މުވައްޒަފުން ގެންގުޅޭ މައްސަލައަކީވެސް ބައެއް އާންމުންގެ ކަންބޮޑުވުމެކެވެ.

އާރުޑީސީއިން މާލޭގެ އަމީނީ މަގު ހެދަން ހަވާލުވިފަހުންވެސް މަސައްކަތުގެ ސްޕީޑު އެންމެ އެދެވޭ ގޮތެއްގައި ކުރިޔަށް ނުދާ ކަން ފާހަގަކޮށްލެވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button