ދީން ކުޅިވަރަކަށް ހެދުމަކީ ލާދީނިއްޔަތުގެ އަހުލުވެރިން އިޖްމާއުވާ ކަމެއް: ޝެއިޙް ސަމީރު
ދީން ކުޅިވަރަކަަށް ހެދުމަކީ ލާދީނިއްޔަތުގެ އަހުލުވެރިން އިޖްމާއުވާ ކަމެއް ކަމުގައި މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އަހްމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ޝެއިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ, އިޖްމާއެއް ނެތް ކަމުގައި ބުނެ ކޮންމެ ކަމެއްގައިވެސް އިހްތިލާފީ މައްސަލައެއް ކަމުގެ މަކަރުވެރި ލިބާސްލައްވައި, ދީން ކުޅިވަރަކަަށް ހެދުމަކީ ލާދީނިއްޔަތުގެ އަހުލުވެރިން އިޖްމާއުވާ ކަމެއް ކަމަށެވެ.
ijmaaú eh neh kamugai bune; Komme kameh gai ves "ikhthilaafee massalaeh" kamuge makaruveri libaas lavvai, dheenakee kulhivareh kamugai hedhumakee laadheeniyyathuge ahuluverin "ijmaaù" vaa nukuthaa eve. Ehen hurihaa kameggai eurennee hathurun kamugai vee namaves me eve.
— Ahmed Sameer (@Ahmadhsameer) July 27, 2022
އަދި ޝެއިހް ވިދާޅުވީ އެފަދަ މީހުންނަކީ އެހެން ހުރިހާ ކަމެއްގައި ހަތުރުންނަށްވީ ނަމަވެސް, މިފަދަ ކަންކަމުގައި އެއީ އެއް ބައެއް ކަމަށެވެ.
ބެލެވޭ ގޮތުގައި ޝެއިހްގެ މި ޓްވީޓަކީ ދާދިފަހުން ޔޯގާއާއި ބެހޭގޮތުން އެކި ސިޔާސީ ބޭފުޅުން ނެރެފައިވާ ރައުޔާއި ބެހޭގޮތުން ކޮށްފައިވާ ޓްވީޓެކެވެ. އެގޮތުން މީގެ ކުރިން މަޖްލީހުގެ ރައީސް އަދި ކުރީގެ ރައީސުލް ޖުމްހުރިއްޔާ ރައީސް މުހައްމަދު ނަޝީދު ވަނީ ޔޯގާ އަކީ ކަސްރަތެއް ކަމަށާއި, ދީނާ ގުޅުންހުރި ކަމެއް ނޫންކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ރައީސް މައުމޫނުވެސް ވަނީ ރައީސް ނަޝީދުގެ ރައުޔާ އެއްބަސްވަވަޑައިގެންފައެވެ.
އެހެން ނަމަވެސް މިދިޔަ މަހުގެ 21 ވަނަ ދުވަހު ބޭއްވުނު ޔޯގާ ހަރަކާތުގެ ކުރިން ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓްރީއިން ވަނީ ޔޯގާ އަކީ ހިންދޫއިންގެ އަޅުަކަމެއް ކަމަށާއި, އެއީ ޝިރުކުގެ އަމަލެއް ކަމަށް ބާޔާންކޮށް, ދުނިޔޭގެ އެހެން ގައުމުތަކުގެ ދީނީ ކަންކަމާ ބެހޭ އެންމެ މަތީ އިދާރާތަކުގެ ރައުޔާއެކު, ފުލުހުންގެ އިދާރާއަށް ސިޓީއެއް ހުށައަޅާފައެވެ. މީގެ އިތުރުން ރާއްޖޭގެ ފުންނާބުއުސް އެތައް އިލްމުވެރިންނެެއް ޔޯގާއަކި ޝިރުކުގެ އަމަލެއް ކަމަށްބުނެ ރައުޔު ނެރެފައިވާއިރު, އަދާލަތު ޕާޓިއިންވެސް ދާދިފަހުން ވަނީ މިފަދައިން ރައުޔު ނެރެފައެވެ.
މިކަމާ ގުޅިގެން އިންޑިއާއިން އަދާލަތު ޕާޓިގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުالله މަގާމުން ވަކިކުރުމަށް އަންގާފައިވާކަމުގެ ހަބަރުތަކެއްވެސް މީސްމީޑިއާގައި ދަނީ ފެތުރެމުންނެވެ.
ޔޯގާ ހަރަކާތުގެ މައްސަލަ އަނެއްކައިވެސް ހޫނުވެފައިވާއިރު, ސަރުކާރަށް ވާގިވެރިވާ ގިނަ ސިޔާސީ ބޭފުޅުން ގެންދަވަނީ ދީނީ އިލްމުވެރިންގެ ރައުޔާއި ދެކޮޅު ހައްދަވަމުންނެވެ. މިކަމާ ގުޅިގެން އާންމުންގެ ނުރުހުން އެބޭފުޅުންނަށް އަމާޒުވެފައިވާއިރު, އެބޭފުޅުން އެވިދާޅުވާ ފަދައިން ޔޯގާގެ ހުކުމަކީ އިހްތިލާފުވެފައިވާ ކަމަކަށް ވަނީ އެބޭފުޅުން އެކަމާމެދު އިހްތިލާފުވުމުންތޯ, އަދި އެފަދައިން އެބޭފުޅުން ރައުޔު ނެރުުމުގައި އޮތް ހައިސިއްޔަތަކީ ކޮބައިތޯ ގިނަބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
Kaakuge haisiyyatheh othee