ނަޝީދު އެބަޖެހޭ ނުކިޔަވާ ހުރެ ފަތުވާ ދިނުން ހުއްޓާލަން: ޝެއިޚް ޒައިދު
މަޖިލިސް ރައީސް މުހައްމަދު ނަޝީދު ދީނީ އިލްމު އުނގެނިވަޑައިނުގަންނަވައި ހުންނަވައިގެން ފަތުވާ ދިނުން ހުއްޓާލުމަށް ޝެއިޚް އަލީ ޒައިދު އިލްތިމާސް ކުރައްވައިފިއެވެ.
ޔޯގާ އަކީ ޝިރުކެެއް ނޫން ކަމުގައި ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެން ޝެއިޚް ޒައިދު ކުރެއްވި ޓުވީޓެއްގައި ވަނީ ނަޝީދު ތައުލީމު ހާސިލް ކުރެއްވީ ކޮންތާކުންތޯ ސުވާލު ކުރައްވާފައެވެ.
Nukiyavaa fatwa dhehvun huttaalan jehey! Konthaakun thoa dheeny Ilmu haasil kurehvy?! Dhynuge Aslu Usool thah engeny kihaavarakah thoa?! Agydhaa ge massala thakaa, ijumaa aa qiyaasaa fiqhy eki massalathugai meezaan koh qiyaas kurahvan dhaskurehvy dheeny kon University akun thoa?! https://t.co/MP9YnjpsQ8
— Ali Zaid (@alizaid1000) July 26, 2022
ދީނުގެ އަސްލު އުސޫލުތަކާއި، އަގީދާގެ މައްސަލަތައް އެނގިވަޑައިގަންނަވަނީ ކިހާވަރަކަށްތޯވެސް ޒައިދު ނަޝީދު އާއި ސުވާލު ކުރެއްވިއެވެ.
”އިޖުމާއު އާއި ގިޔާސް އާއި ފިގުހީ އެކި މައްސަލަތަކުގައި މީޒާންކޮށް ގިޔާސް ކުރައްވަން ދަސްކުރެއްވީ ދީނީ ކޮން ޔުނިވާސިޓީއަކުންތޯ.“؟ ޒައިދު ވިދާޅުވިއެވެ.
ޝެއިޚް ޒައިދު ރައީސް ނަޝީދަށް މިހާ ހޫނު ރައްދެއް ދެއްވިއިރު، ޔޯގާ އަކީ ޝިރުކެއް ކަން ދަންނަބޭކަލުންގެ މެދުގައި އިއްތިފާގުވެވިފައި ނުވާކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދު ވިދާޅުވިގޮތުގައި ވަކި ބައެއްގެ ފަލްސަފާ އަކީ އިސްލާމް ދީނުގެ ހުކުމެއް ކަމަށް ބަލައިގަންނަން ދައްޗެވެ.
Yoga akee shirukeh kan dhannabeykalunge ijmau eh neh. Vaki baehge falsafaa akee Islam dheenuge hukumeh kamah balaiganan dhathi.
— Mohamed Nasheed (@MohamedNasheed) July 26, 2022
ޔޯގާ އަކީ ޝިރުކެއް ކަމުގައި އިލްމުވެރިން ވިދާޅުވަމުން އަންނައިރު އެއީ ހުރިހާ އިލްމުވެރިންގެ މެދުގައި އިއްތިފާގުވެވިފައި ނުވާ މައްސަލައެއް ކަމަށް ނަޝީދު ވިދާޅުވުމުން ގިނަ ބައެއްގެ ނުރުހުން އެމަނިކުފާނަށް ވަނީ އަމާޒުވެފައެވެ.
Nasheed aai India aai dhemedhu onna gulhumakee aadhaige gulhumeh noon kan. Verikamuge beynumugai koffa nukuraane kameh nubalaane kan.. Jaahilun kamugai hahdhun maa matheega.
Haram halal other kandaelhi nimifa. Ithuru kankan haram kurumakee evves meehakah libifaivaa hahgeh noon. Ilmuverinney kiyaigen ulhey meehun kankan haram kuranee fithuna ufahdhaigen mas-hoorukan hoadhan.