ރައީސް ސޯލިހުގެ ސަރުކާރުން ވަށާ ޖެހޭ ތައުލީމުގެ ނަމުގައި ގެނެސްދިނީ ލިވާތުކަމުގައި ޕީޕީއެމްގެ ކުރީގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ޝަކީލު ވިދާޅުވެއްޖެއެވެ.
ޝަކީލު ކުރެއްވި ޓުވީޓެއްގައި ވަނީ އެމްޑީޕީއިން ބުނާ ވަށާޖެހޭ ތައުލީމަކީ އެއީތޯ ސުވާލު ކުރައްވާފައެވެ. އޭނާގެ ޓުވީޓުގައި މިމަހުގެ 12 ވަނަ ދުވަހު 15 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކާ ގަދަކަމުން ލިވާތު ކުރަން އުޅުނު އިންޑިއާ ޓީޗަރުގެ މައުލޫމާތު ހިމަނާފައެވެ. އެ ޓީޗަރު މިހާރު ހުރީ ޝަރީއަތް ނިމެންދެން ބަންދުގައެވެ.
މިއީތޯ MDP އިން އެބުނާ ވަށާޖެހޭ ތަޢުލީމަކީ؟ އަޅުގަނޑުމެންގެ ޅަދަރިންނާ ހަމައަށް #vaguibu ގެ ސަރުކާރުން ވަށާޖެހޭ ތަޢުލީމުގެ ނަމުގައި މި ގެނެސްދިނީ ލިވާތު! ޤައުމު ނީލަންކިޔައި ވިއްކައިގެން އެވަރުން ނުފުދިގެން އެންމެފަހުން އަޅުގަނޑުމެންގެ ޅަދަރިންގެ މުސްތަޤްބަލުވެސް ހަލާކުކޮއްފި pic.twitter.com/vhaLabJiUb
— Mohamed Shakeel 🇲🇻 (@schakyyl) July 26, 2022
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި އިންޑިއާ މީހެއް، އިންޑިއާ ހައިކޮމިޝަނުން މީގެ ކުރިން ފުރުވާލާފައިވެއެވެ.
މިކަން ހާމަވެފައިވަނީ ޖޫން މަހުގެ 29 ވަނަ ދުވަހު އޮމަނަކުއްޓަން މިދަޔިކިލް ކަރުނަކަރަކުރުޕް ނަމަކަށް ކިޔާ މިމީހާ ހޯދުމަށް ދިވެހި ފުލުހުންގެ ޙިދުމަތުން އެދިގެން އިންޓަޕޯލް އިން ނެރެފައިވާ ރެޑް ނޯޓިސްއަކުންނެވެ.
މި ނޯޓިސްގައިވާ ގޮތުން އޭނާ އަކީ ސާނަވީ ދަރިވަރުންނަށް ހިސާބު ކިޔަވައިދިނުމަށް ރާއްޖޭގެ ސުކޫލެއްގެ ވަޒީފާގައިހުރި މުދައްރިސެކެވެ. އަދި އޭނާ ގެންދިޔައީ ސުކޫލުން ބޭރުން ބައެއް ކުދިންނަށް ޓިއުޝަން ނަގައިދެމުންނެވެ. މި ނޯޓިސްގައި ދިވެހި ފުލުހުންގެ އިދާރާއި ހަވާލާދީ ބުނެފައިވާ ގޮތުގައި އޮމަނަކުއްޓަން ވަނީ 2020 ވަނަ އަހަރުން ފަށައިގެން އޭނާ ޓިއުޝަން ނަގައިދޭ 14 އަހަރުގެ ފިރިހެން ކުއްޖަކަށް އެތައް ފަހަރެއްގެ މަތިން ޖިންސީ ގޯނާ ކޮށްފައެވެ.
މީނާ ފިލައިގެން ގޮސްފައިވަނީ މައްސަލަ ތަހުގީގުރަމުން ދަނިކޮށް ކަމަށް ފުލުހުން ބުނެފައިވާކަމަށް މި ނޯޓިސްގައި ބަޔާންކުރެއެވެ. އެހެން ނަމަވެސް އިންޓަޕޯލް ރެޑް ނޯޓިސްއެއް ނެރޭހާ ގިނަ ހެކިތައް ހުރި މީހެއް ފުލުހުންނަށް އަތުލައި ނުގަނެވުމަކީ ސުވާލު އުފެދޭ ކަމަކެވެ.
މިކަމާ ގުޅޭގޮތުނަ އިތުބާރުހުރި މަސްދަރަކުން “ބޮންތި” އަށް މައުލޫމާތު ދީފައިވާ ގޮތުގައި އޮމަނަކުއްޓަން ފުރުވާލުމަށް މާލެ ގެނެސްފައިވަނީ އިންޑިއާ ހައިކޮމިޝަނުންނެވެ. އަދި ފުލުހުންގެ އިދާރާއަށް އެންގުމެއްނެތި އޭނާ އަނބުރާ ގައުމަށް ފުރުލާފައިވަނީވެސް ހައިކޮމިޝަނުންނެވެ.
ފުލުހުންގެ އިދާރާއަށް އޮމްނަކުއްޓަން ފުރިކަންވެސް އެނގިފައިވަނީ ފުރި ފަހުންނެވެ. އަދި އިންޓަޕޯލްގެ ރެޑް ނޯޓިސް ނެރެފައިވަނީވެސް ފުލުހުންގެ ތަހުގީގު ނުނިމެނީސް ފިލާފައިވާކަމަށަބުނެ އޭނާ ހޯދުމަށެވެ.
ދިވެހިރާއްޖޭގެ ކުޑަކުދިންނަަ ބެހޭ ގާނޫނުގެ 12/2009 ގެ ދަށުން މި މައްސަލަ ސާބިތުވެއްޖެކަމަށް ވާނަމަ އޮމަނަކުއްޓަންގެ މައްޗަށް ޖުމްލަ 18 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.
މިކަމާ ގުޅިގެން އަދި މިހާތަނަށް ފުލުހުންގެ ފަރާތުންވެސް، އަދި އިންޑިއާ ހައިކޮމިޝަނުގެ ފަރާތުންވެސް އެއްޗެއް ނުބުނެއެވެ.
ތިކަން އެބަކުރޭ ދިވެހި އުސްތާޒުންނާއި އުސްތާޒާއިންވެސް ދަރިވަރުންނާއެކު ވަރަށް ރަނގަޅަށް ބަލަންޖެހޭނެ. ތިޔައީ އަދަކުވާކަމެއްނޫން ކުރިންވެސް ހިނގާކަންކަން. ހައްގު އަދަބު ދެވޭނެ ފަޅާއަރާ ބަޔަކަށް ނިކަންހުރެ ބަލަން ތަހުގީގު ކުރުން ލަސްވަނީ ހީވާގޮތުން ލިސްޓް މޫލާފަވާ ވަރު ދިގުކަމުން ގިނަ ކަމުން