
ކަރަންޓު ސަބްސިޑީ ލިމިޓު ކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
މިކަން އިއުލާންކުރެއްވީ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ގައުމާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ސޯލިހު ވިދާޅުވީ ތެލުގެ އަގު އެތައް ގުނައެއް މައްޗަށް ދިއުމުގެ ސަބަބުން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް 910 މިލިއަން ރުފިޔާ ތެލުގެ ސަބްސިޑީއަށް ހަރަދު ކޮށްފައިވާ ކަމުގައެވެ. އަދި މިއަހަރުގެ ނިޔަލަށް އެގޮތުގައި ދާނަމަ ޖުމްލަ 1.5 ބިލިއަން ރުފިޔާ ތެލުގެ ސަބްސިޑީއަށް ސަރުކާރުން ހަރަދުކުރަން ޖެހޭނެ ކަމުގައެވެ. ތެލުގެ ސަބްސިޑީއަށް މިއަހަރު ބަޖެޓު ކޮށްްފައިވަނީ 340 މިލިއަން ރުފިޔާއެވެ.
ކަރަންޓުގެ އަގު ބޮޑުވިޔަ ނުދިނުމަށް ސަރުކާރުން ދޭ ސަބްސިޑީ އިސްލާހު ކުރައްވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މަސްވެރިންނަށް ބޭނުންވާ ތެލުގެ އަގަށްވެސް ބަދަލު އަންނާނެފަދަ މޭރުމަކުން ރައީސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
ތެލާއި ކަރަންޓްގެ އަގު ތިރިކޮށް މަހުގެ އަގު
މަތިކޮށް މުސާރަ ބޮޑުކުރަންޖެހޭނެ. MS1އިން ފެށިގެން މަތީ ރޭންކްތަކަށް %75ގެ މުސާރައިގެ ކުރިއެރުމެއް އިތުރަށް ދޭބްޖެހޭނެ
ކޮންބޮޑެއްވެގެން 7 ކުން 21 ލިޓަރ އެއްގެ އަގު ބޮޑުވީ ހަނގުރާމައިގަ އަދި ޑީސަލްބޮޑެއްނުވެ
މިހާރުވެސް ޑީސަލް މިއަޅަނީ 19 21 ރުފިޔާ އަށް ލިޓަރ އެއް އަހަރުމެންނަށް ސަބުސިޓީއެއް ނުލިބެ ހުޅުމާލެ އެސްޓީއޯ ތެޔޮސެޑުން ވެސް ބުނީ 19 ރުފިޔާ އަށް ލިޓަރ އެއް ދޭން މަސްވެރިން ނަށް ސަބުސިޓީ ދެވާހަކަ ނުދައްކާ