ޚަބަރުސިޔާސީ

ރައީސް ނަޝީދުގެ 12 މެންބަރުން އެމްޑީޕީން ވަކިވެ، އައު ސިޔާސީ ޕާޓީއެއް އުފައްދަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީގެ ރައީސް މުހައްމަދު ނަޝީދުގެ ”ފިކުރެއްގެ ދިރުން“ ފެކްޝަނުގައި އިސްކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ 12 މަޖިލިސް މެންބަރުން އެމްޑީޕީން ވަކިވުމަށްފަހު އައު ސިޔާސީ ޕާޓީއެއް އުފެއްދުމަށް ނިންމައިފިއެވެ.

އިއުލާން ކުރެއްވީ މަޖިލިހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.

ފިކުރެއްގެ ދިރުމުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު އީވާ ވިދާޅުވީ އިތުރު، އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމުގައެވެ. އަދި މަޖިލީހުގެ ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ އެ ޕާޓީ އަށް ކިއުމަށް ހަމަޖެހިފައި ވަނީ ”ފިކުރެއްގެ ދިރުން“ ކަމުގައެވެ.

ޕާޓީ އުފެއްދުމަށް އަންނަ ހަފްތާގައި ފޯމު ހުށަހެޅުމަށް ފަހު 3،000 މީހުންގެ ސޮއި ހޯދުމުގެ މަސައްކަތް ފައްޓަވާނެ ކަމަށްވެސް ލަބީބު ވިދާޅުވިއެވެ. މީގެ އިތުރުން ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އެޕާޓީގެ ފަރާތުން ކެނޑިޑޭޓަކު ވާދަ ކުރައްވާނެކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button