ފަރުވާއަށް ފަހު ނަޝީދު ސިޔާސީ މައިދާނަށް
މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ނިމިދިޔަ މެއި މަހުގެ 6 ވަނަ ދުވަހު ދިން ނިރުބަވެރިހަމަލާގައި ލިބުނު ގެއްލުންތަކަށް ފަރުވާ ހޯއްދެވުމަށްފަހު އަވަސް މުސްތަގުބަލެއްގައި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ. ނަޝީދު މިހެން ވިދާޅުވެފައިވަނީ މިއަދު އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައެވެ.
”އަޅުގަނޑަށް ލިބިފަހުރި އަނިޔާތައް ވަރަށް ގިނަ. މަސައްކަތް މިކުރަނީ މާތް ﷲ ގެ ރަހުމަތްފުޅާއެކު މި އެންމެ އަނިޔާތަކުން އަރައިގަނެ، ހެޔޮ ހާލުގައި ރާއްޖެ ދިއުމަށް“ ނަޝީދު ވިދާޅުވިއެވެ.
Alhugandah libifahuri aniyaa varah gina. Ehen namaves alhugandu masakkaiy kuranee Maaiy Allah ge rahmaiyfulhaieku mi enme aniyaa thakun araigane, heyo haalugai Raajje dhiumah
— Mohamed Nasheed (@MohamedNasheed) June 24, 2021
ރާއްޖެ ވަޑައިގަންނަވާނެ ސީދާ ތާރީހެއް ނަޝީދު ހާމައެއް ނުކުރައްވައެވެ. އެމަނިކުފާނު އަދިވެސް ހުންނެވީ ޖަރުމަނު ވިލާތުގައެވެ. ނަޝީދުގެ ސިއްހީ ހާލުކޮޅު އެއްކޮށް ރަނގަޅުވެފައިވާއިރު، އެމަނިކުފާނު ވަނީ ލަކުނު ފިލުވާ ސާޖަރީ ހެދުމަށް އިންކާރު ކުރައްވާފައެވެ.
ނަޝީދަށް ދެވުނު ހަމަލާއާއި ގުޅިގެން ޝަަައްކު ކުރެވޭ ބަޔަކު ވަނީ ހައްޔަރު ކުރެވިފައެވެ. އޭގެ ތެރޭގައި މި ހަމަލާގައި އެންމެ ބޮޑަށް ޝައްކު ކުރެވޭފަރާތް ކަމުގައިވާ އަދުހަމް އަހުމަދް ރަޝީދުވެސް ހިމެނެއެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ ހަމަލާ ދިން ތާ 3 ވަނައަށް ވީ ދުވަހު އެވެ.