އެންމެ ފަހުން 2020 ވަނަ އަހަރުގެ ދިރާސީ އަހަރު ނިމުމަކަށް
2020 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ފަހު ޓާރމްގެ ރިޕޯޓް ފޯމުތަށް މިއަދު ދޭން ފަށައިފިއެވެ.
ގިނަ ސްކޫލުތަކުގައި ރިޕޯޓް ފޯމުތަށް ދީފައި ވަނީ “ މެމިސް“ މެދުވެރިކޮށް އޮންލައިން ކޮށެވެ.
2020 ވަނަ އަހަރުގެ ދިރާސީ އަހަރު ވެގެން ގޮސްފައިވަނީ ދަރިވަރުންނާއި ބެލެނިވެރިން އަދި ޓީޗަރުންނަށް ވަރަށް ވެސް “ ޗެލެންޖިންގް“ އަހަރަކަށެވެ. ކޮވިޑް 19 ގެ ސަބަބުން ސްކޫލުތަށް ބަންދުކޮށްގެން އެތައް ދުވަހެއް ވަންދެން ކިޔެވުން މެދުކަނޑާލާފައި އޮތުމަށްފަހު، ހާލަތު ރަނގަޅު ވުމުން ދަންފަޅިތަކަށް ކިޔަވައިދީގެން މުގައްރަރު ފުރިހަމަ ކުރުވީއެވެ. ބައެއް ސްކޫލުތަކުގައި މުޅިންހެން ކިޔަވައިދިނީ އޮންލައިން ކޮށެވެ.
ރާއްޖޭގެ ކަރިކިއުލަމް ބައްޓަން ކޮށްފައިވާ ގޮތުންނާއި، މީގެ ކުރިން އޮންލައިން ކޮށް ކިޔަވާދީފައި ނުވުމުން ދަރިވަރުން ތިބީ އޮންލައިން ކޮށް ކިޔެވުމަށް ތައްޔާރު ވެގެނެއްނޫނެވެ. އޮންލައިން ކޮށް ކިޔެވުން ވެގެންދިޔައީ ދަރިވަރުންނަށް ވަރަށްވެސް ބޮޑު ތަކުލީފަކަށެވެ.
މާލޭގެ ސްކޫލެއްގެ ދަރިވަރަކު ”ބޮންތި“ އަށް މައުލޫމާތު ދެމުން ބުނީ
”އަސްލު ވަރަށް އުނދަގޫ އޮންލައިން ކޮށް ކިޔަވަން. ޓީޗަރުން ކިޔާއެއްޗެހި އޮޅުން ނުފިލާ ފަހަރުވެސް ދޭ . ކަނެކްޝަންގެ މައްސަލަތަށް ވެސް ރާއްޖޭގަ ވަރަށް ގިނަ ، ކުލާހުގައި އިންދާ ވަރަށް ގިނައިން ޑިސްކަނެކްޓް ވާ ފަހަރުވެސް އާދޭ.“
އޮންލައިން ކޮށް ކިވައިދިނުމުގެ ސަބަބުން ދަރިވަރުންނަށް އެންމެ އެކަށީގެންވާ ވަރަށް ފިލާވަޅުތައް ނަގައި ނުގަނެވޭކަން ވަރަށް ގިނަ ބެލެނިވެރިން އަންނަނީ ފާހަގަކުރަމުންނެވެ. އަދި އޮންލައިންކޮށް ކިޔަވައި ދިނުމުގެ ސަބަބުން ދަރިވަރުން ކިޔެވުމަށް ދޭންޖެހޭ ސަމާލުކަން ނުދޭކަންވެސް ބެލެނިވެރިން ފާހަގަކުރެއެވެ.
މި ދިރާސީ އަހަރުވެގެން ގޮސްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީއަށް ވެސް ވަރަށް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިވެގެން ގޮސްފައިވާ އަހަރަކަށެވެ. ވަކިން ހާއްސަކޮށް މަތީ ސާނަވީ ދަރިވަރުންގެ ޕްރެޝަރެވެ. އެތައް ފަހަރަކު ޓެސްޓް ލަސް ވުމުގެ ޝަކުވާއެވެ. އޭލެވަލް ޓެސްޓް ޕޭޕަރުތަށް ލީކުނުވާނެ ކަމުގެ ޔަގީންކަން ދީފައި ވަނިކޮށް ލީކުވުމުގެ ޝަކުވާއެވެ. މެއި / ޖޫން އިމްތިހާނުތަކުގައި ބައިވެރިވާ ކުދިންއަށް ޓޮޕްޓެން ގައި ބައިވެރިވެވޭ ގޮތަށް އަދި އޮކްޓޯބަރުގައި ބައިވެރިވާނަމަ އެ ފުރުސަތު ނެތް ކަމުގައި ބުނުމާއެކު އިހުތިޖާޖުތަކެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.