ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރަނީ ދެ ވައްތަރެއްގެ ޖޫރިމަނާ ކަމަށާއި، އެއް ވައްތަރަކީ ސްޓިކާ ޖަހައިގެން ޒުވާނުންގެ ޖީބުން ހޯދާ ޖޫރިމަނާ އާއި ދެވަނަ ވައްތަރަކީ ރިސޯޓަކުން މީރާއަށް ދައްކާފައިވާ 30 މިލިއަންގެ ޖޫރިމަނާ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިފަދައިން ވިދާޅުވީ މި އަހަރުގެ މިހާތަނަށް ޖޫރިމަނާގެ ގޮތުގައި 145 މިލިއަން ރުފިޔާ ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާފައިވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
އޭނާ ވިދާޅުވީ ދެ ވައްތަރެއްގެ ޖޫރިމަނާ ކޮށްފިކަމަށާއި، އެއީ 145 މިލިއަން ސްޓިކާ ޖަހައިގެން ޒުވާނުންގެ ޖީބުން ކަމަށާއި، ދެވަނަވައްތަރަކީ ރިސޯޓަކުން މީރާއަށް ދައްކާފައިވާ 30 މިލިއަންގެ ޖޫރިމަނާއެއް ކަމަށެވެ. އަދި ރައީސް ސޯލިހަށް ފަސޭހަފުޅުވީ ބެކްޑޭޓަށް ގަވާއިދު އިސްލާހުކޮށް ރިސޯޓު ޖޫރިމަނާ އަނބުރާ ދެއްކިފަރާތަށް ރައްދުކުރުން ކަމުގައި ސައީދު ވިދާޅުވިއެވެ.
2ވައްތަރެއްގެ ޖޫރިމަނާ. 145މިލިއަން އެއީ ސްޓިކާޖަހައިގެން ޒުވާނުންގެޖީބުން!2ވަނަވައްތަރަކީ، ރިސޯޓަކުން މީރާއަށް ދައްކާފައިވާ 30މިލިއަންގެ ޖޫރިމަނާއެއް. ރައީސް ޞާލިހަށް ފަސޭހަމިވީ ބެކްޑޭޓަށް ގަވާއިދު އިސްލާހުކޮށް ރިސޯޓުޖޫރިމަނާ އަނބުރާދެއްކިފަރާތަށް ރައްދުކުރަން.😄 pic.twitter.com/nxyxF2wFKI
— Mohamed Saeed (@em_saeed) July 23, 2022
މިއަހަރު ފެށުނީއްސުރެ މި މަހުގެ 14 ގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 145 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 122 މިލިއަން ރުފިޔާ އެވެ.
މުޅި މިއަހަރު ޖޫރިމަނާގެ ގޮތުގައި ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާ ކޮށްފައިވަނީ 62.4 މިލިއަން ރުފިޔާ އެވެ. އެކަމަކު މިހާތަނަށް 145 މިލިއަން ރުފިޔާ ލިބިފައިވާއިރު އެއީ އަންދާޒާ ކުރިވަރަށް ވުރެ 82 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ރިސޯޓްތަކުގެ ޖޫރިމަނާ އާއި ގުޅިގެން ސައީދުގެ ފާޑުކިޔުން ރައީސް ސޯލިހުއަށް އަމާޒުވެފައިވާއިރު، ރައީސް އޮފީހުގެ އިކޮނޮމިކް ކައުންސިލް (އީސީ) އިން ނިންމި ނިންމުމަކާއި ގުޅިގެން، ރިސޯޓުތަކަކުން ޖޫރިމަނާގެ ގޮތުގައި ސަރުކާރަށް ދައްކާފައިވާ 2 މިލިއަން ޑޮލަރު (30.8 މިލިއަން ރުފިޔާ) އެ ފަރާތްތަކަށް އަނބުރާ ދޭން ނިންމައި އެ ފައިސާ އެ ފަރާތްތަކަށް ދައްކަން ސަރުކާރުން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ވަނީ އަންގާފައެވެ.
މައުލޫމާތު ލިބިފައިވާގޮތުން މި 2 މިލިއަން ޑޮލަރު ދޭން ނިންމާފައިވަނީ ޅ. އަތޮޅުގައި އޮންނަ މަދިރި ގުރައިދޫގައި ހިންގަމުން އައި ޕާމް ބީޗް ރިސޯޓްގެ ކުރީގެ ވެރި ފަރާތް މއ.ނޫރާނީ، އިބްރާހިމް އަލި މަނިކަށެވެ.
މިކަމާއި ގުޅޭ ގޮތުން މީޑިއާ އަށް މައުލޫމާތު ހިއްސާ ކުރައްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، 2019ގައި އިކޮނޮމިކް ކައުންސިލުން ނިންމި ނިންމުމަކާއި ގުޅިގެން ގަވާއިދަށް ބަދަލު ގެނެސް، ގެޒެޓް ކުރުމަށް ހިނގި މުއްދަތުގައި އެއްވެސް ފަރާތަކުން ބޮޑު އަދަދުން ހިސާބުކޮށްފައިވާ ޖޫރިމަނާ ދައްކާފައި އޮތް ނަމަ، އެ ފަރާތަކަށް އެ ފައިސާ އަނބުރާ ދޭން ޖެހޭ ކަމަށެވެ.
ރާއްޖޭގައި ކޮށްފައިވާ ބޮޑެތި އިންވެސްޓްމަންޓުތައް ރާއްޖެދޫކޮށްދިޔުމާއި ވިއްކުން އާއްމުވެގެންމިދިޔައީ ފަންނީއެތައް ބަޔަކުދޭ ލަފާ ރައީސް އަށް ނޭގުމުން، އަޑުނޭހުމުން.ވިޔަފާރީގެ އިތުބާރެއް ރޞާލިހަކަށްނެތް! 2ވަނަލަންކާޔަށް ރާއްޖެވުންހުއްޓުމަށް އަތުގުޅާލަންޖެހޭ https://t.co/BWm33H9D2U
— Mohamed Saeed (@em_saeed) July 23, 2022
ރާއްޖޭގެ އިޤްތިސާދީ ޙާލަތު ދަށަށްދާ ދިއުމާއި ގުޅިގެން ސައީދު ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ކޮށްފައިވާ ބޮޑެތި އިންވެސްޓްމަންޓުތައް ރާއްޖެ ދޫކޮށްދިޔުމާއި ވިއްކުން އާއްމުވެގެން މިދިޔައީ ފަންނީ އެތައް ބަޔަކުދޭ ލަފާ ރައީސް ސޯލިހަށް ނޭގުމުން ކަމަށާއި، އެއަޑު ނޭހުމުން ކަމަށެވެ. އަދި ވިޔަފާރީގެ އިތުބާރެއް ރައީސް ސޯލިހުއަށް ނެތްކަމަށާއި ދެވަނަ ލަންކާޔަށް ރާއްޖެވުން ހުއްޓުމަށް އަތުގުޅާލަންޖެހޭ ކަމުގައި ސައީދު ވަނީ ވިދާޅުވެފައެވެ.
ޒުވާނުން ޤަވާއިދަށް ޙުރުމަތްތެރިކޮށް ހިތާނަމަ ސަޢީދު ތިބުނާ ޖުރުމަާނާއެއް ނުކުރެވޭނެ ދެއްތޮ…؟ ޤަވާއިދަށް ޙުރުމަތްތެރިކޮށް ހިތުމުގަ ޒުވާނުން ނަމޫނާ ބަޔަކަށް ވަމާތޯ…؟
Ihakadhuvahu fageerunikamethi meehaage kaanbeynunkuraa handoo, Hakuru, fushun heskiyaafa bodu agu negi iru fenunu meehaku nei edhuvahuves thigotha adu ufulinama haadhahaa ragalh vaane