ޚަބަރު

އަލަމްގީރް 250 މީހުންނާ އެކީ އެއްޖިންސުން ގުޅުން ހިންގާފައިވޭ!

ގިނަ އަދަދެއްގެ ދިވެހީންތަކަކާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ހައްޔަރުކޮށްފައިވާ ބަންގްލަދޭޝް އަށް ނިސްބައްވާ އަލަމްގީރް 250 މީހުންނާ އެކީ އެއްޖިންސުން ގުޅުން ހިންގާފައި ވާކަން ފުލުހުންގެ ތަހުގީގުން އެނގިފައިވާކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

އެއްޖިންސުން ގުޅުން ހިންގައި އެމަންޒަރުތައް ވީޑިއޯކޮށް ގިނަ ބަޔަކު ބްލެކްމެއިލް ކުރި މައްސަލައިގައި ފުލުހުން އަލަމްގީރް ވަނީ  މިމަހުގެ 12 ގައި ހައްޔަރުކޮށްފައެވެ.

ކޮޓަރިއެއްގެ ތެރޭގައި އަލަމްގިރް އާއި އިތުރު އެހެން ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް މިދިޔަ މަހުގެ ފަހުކޮޅު ވަނީ ލީކުކޮށްފައެވެ. މިމައްސަލައިގައި އަލަމްގިރި ހައްޔަރުކޮށް ފުލުހުން ތަހުގީގު ކުރަމުންދާއިރު، އަލަމްގިރި ގެ ފަރާތުން ފުލުހުންނަށް ގިނަ މައުލޫމާތުތަކެއް މިހާތަނަށް ވަނީ ލިބިފައެވެ.

ދިވެހިންގެ އިތުރުން ގިނަ އަދަދެއްގެ ބިދޭސީންވެސް އޭނާއާއެކު އެއްޖިންސުން ގުޅުން ހިންގާފައިވާއިރު، އޭނާއާއެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ އަދަދު 300 އާއި ގާތްކުރާ ކަމުގެ އަޑުތަކެއް މިހާރުދަނީ ފެތުރެމުންނެވެ.

މިކަމާ ގުޅިގެން އާންމުން މީސްމީޑިއާގައި ބުނަމުން އައްނަނީ އެއްޖިންސުން ގުޅުން ހިންގާ މީހުން ހައްޔަރުކުރުމަށެވެ. އަދި ބޮޑު ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ ބިރު އޮތް ކަމެއް ކަމަށްބުނެ މިކަން ކަމާބެހޭފަރާއްތަ ކުން ބަލައިދިނުމަށް އާމުންއައްނަނީ ގޮވަމުންނެވެ.

ފުލުހުން މިމައްސަލަ ބަލަމުންދާއިރު، އޭނާއާއެކު އެއްޖިންސުން ގުޅުން ހިންގިކަން މިހާތަނަށް އެނގިފައިވާ މީހުންގެ ޕާސްޕޯޓު ހިފަހައްޓާފައިވާއިރު އޭގެ ތެރެއިން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައިނުވެއެވެ.

މި ފަހަކަށް އައިސް އެއްޖިންސުން ގުޅުން ހިންގާ ބަރަހަނާ ވީޑިއޯ އާއި ފޮޓޯ ލީކުވެފައިވާ މީހުން މަގުތަކުގައި މިނިވަންކަމާއެކު އުޅޭއިރު ސަރުކާރުން އެމީހުންނާ މެދު ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

2 Comments

  1. سبحان الله۔۔۔۔۔މިފާޙިޝް ޢަމަލު ހިންގި ފަރާތްތަކަށް ދީނުގައި ކަނޑައެޅިފައިވާ އަދަބު ދެއްވާ…..ވެރިން ފަހަތަށް ޖެހިވަޑައި ނުގަތުމަށް ފަރުދެއްގެ ޙައިސިއްޔަތުން ނަސޭޙަތްތެރިވަން….މިކަމުގައި ވެރިން ފިޔަވަޅު ނައަޅައިފި ނަމަ އެބައި މީހުންނަށް ﷲ ގެ ކޯފާ އައުން ކައިރި.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button